ޕެނަޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

ޕެނަޑޯލް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

ދިވެހީން އާންމު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޕެނަޑޯލާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހެދި ޓެސްޓުތަކަށްފަހު އަލުން އެ ބޭސް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ ދީފިއެވެ.

ޕެނަޑޯލާއި ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަދަމުންދިޔަ ޓެސްޓުތަކަކާ ގުޅިގެން އެ ބޭސް ބޭނުންކުރުން ހުއްޓައިލުމަށް އެ އޮތޯރިޓީން އެންގީ ފާއިތިވި ޖެނުއަރީމަހުގެ 30 ވަނަ ދުވަހުއެވެ.

އޭރު ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފައިވަނީ ރާއްޖެ އެތެެރެކޮށް ވިއްކައި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ޓަކައި 'ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން' ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

ބޭސް ބޭނުން ކުރުމުގެ ހުއްދަ މިއަދު އަލުން ދިނުމާއި ގުޅޭގޮތުން އެމްއެފްޑީއޭއިން މިއަދު ވިދާޅުވީ، ތަހުލީލު ރިޕޯޓްތަކުން ދައްކާ ގޮތުގައި ޕެނަޑޯލް ބްރޭންޑްގައި ހުންނަންޖެހޭ މިންވަރަށް (ކޮންޓިޓޭޓިވް ޓެސްޓުން) ބޭހުގެ ސްޓްރެންތް ހުރިކަން ޔަގީން ވެފައިވާ ކަމަށެވެ.

މިފަދަ މައްސަލަތައް އިތުރަށް ތަކުރާރު ނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަން ކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، މިއޮތޯރިޓީގެ ފަރާތުން ޕަބްލިޝްކޮށް ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކަށް ވާނީ އަންގާފަ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާޓްގައި ބުނެފައިވެއެވެ.

އެ އޮތޯރިޓީން ބުނެފައިވަނީ މައްސަލަ ފާހަގަ ކުރެވުނު ބެޗް މިހާރު މާކެޓްގައި ނެތް ކަމަށެވެ. އެހެން ކަމުން މިއަދު ފެށިގެން ބޭސް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ އިއުލާނު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *