މިއަދު އެކްސިޑެންޓްވި ކާރުގެ ޑްރައިވަރަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން

މިއަދު އެކްސިޑެންޓްވި ކާރުގެ ޑްރައިވަރަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން

Author
ހުސެއިން
20 ފެބްރުއަރީ 2024 11:56
0

ބާރަށް ދުއްވާފައި ދަނިކޮށް، ބުރިޖާއި ހުޅުމާލޭ ގުޅުވައިދޭގައި ލިންކު ރޯޑުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ހަރުކޮށްފައިހުރި ދަގަޑުތަކަށް މުޑިއަރާ އެކްސިޑެންޓުވި ކާރުގެ ޑްރައިވަރަށް އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަކުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލްތައް ހަރު ކުރުމަށް ޖަހާފައި ހުންނަ ހޮޅިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ކާރު ދަނގަޑުތަކުގެ ތެރެއަށް މުޑިއަރާފައިވަނީ، ދުއްވަމުންދަނިކޮށް މަގުން ކައްސާލައިގެން ގޮހެވެ.

އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ފުލުހުން މިހާރުދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ލިންކު ރޯޑުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ ދަގަޑުތަކަށް ވަރަށްފަހުންވެސް ކާރެއް މުޑިއަރާ އެކްސިޑެންޓެއް ހިނގާފައިވެއެވެ. މިގަދަ އެކްސިޑެންޓްތައް ގިނައިން ހިގާފައިވަނީ ދުވަންޖެހޭ ވަރަށްވުރެ ބާރަށް ދުއްވައިގެންކަން ފާހަގަ ކޮށްލެވެއެވެ.

މިއަދު ހިނގި އެކްސިޑެންޓުގައި މީހަކަަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.