ބާރަށް ދުއްވާފައިދިޔަ ކާރެއް، ބުރިޖާއި ހުޅުމާލޭ ގުޅުވައިދޭގައި ލިންކު ރޯޑުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ހަރުކޮށްފައިހުރި ދަގަޑުތަކަށް މުޑިއަރާ އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިގާފައިވަނީ ހަލިމަގުގައި، ޓެކްސީ މާލެއިން ހުޅުމާލެއަށް ދަތުރު ކުރަމުން ދަނިކޮށެވެ. ކާރު ދަނގަޑުތަކުގެ ތެރެއަށް މުޑިއަރާފައިވަނީ، ދުއްވަމުންދަނިކޮށް މަގުން ކައްސާލައިގެން ގޮހެވެ.
އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ފުލުހުން މިހާރުދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ލިންކު ރޯޑުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ ދަގަޑުތަކަށް ވަރަށްފަހުންވެސް ކާރެއް މުޑިއަރާ އެކްސިޑެންޓެއް ހިނގާފައިވެއެވެ. މިގަދަ އެކްސިޑެންޓްތައް ގިނައިން ހިގާފައިވަނީ ދުވަންޖެހޭ ވަރަށްވުރެ ބާރަށް ދުއްވައިގެންކަން ފާހަގަ ކޮށްލެވެއެވެ.
މިއަދު ހިނގި އެކްސިޑެންޓުގައި މީހަކަަށް އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ