ނަން އަނބުރާ ނެންގެވި މެމްބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު

ނަން އަނބުރާ ނެންގެވި މެމްބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު

Author
ހުސެއިން
17 ފެބްރުއަރީ 2024 05:55
0

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ނަން ހުށަހެޅި ކެނޑިޑޭޓުންގެ ތެރެއިން 4 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު އޭގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު ހިމެނިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ނަން އަނބުރާ ގެންދިއުމަށް ދިން ފުރުސަތުގައި، ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާ އަށް، ޕީއެންސީން ގައްދޫ ދާއިރާއަށް، ޑިމޮކްރެޓްސް އިން ހިތަދޫ މެދުދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ 4 ކެންޑިޑޭޓުންވަނީ ނަން އަނބުރާ ގެންދަވާފައިވާ ކަމުގައެވެ.

ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާފައިވަނީ 386 ކެންޑިޑޭޓުން ކަމަށާއި، އެއީ 43 އަންހެން 343 ފިރިހެން ކަމުގައެވެ.

އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވަނީ 368 ކެންޑިޑޭޓުން ކަމަށާއި، އެއީ 42 އަންހެން ކެނޑިޑޭޓުންނާއި 326 ފިރިހެން ކެނޑިޑޭޓުން ކަމުގައެވެ.

އެއީ، %11.41 އަންހެން ބޭފުޅުން ނާއި، %88.58 ފިރިހެން ބޭފުޅުންނެވެ.

ޕާޓީތަކުން ވާދަކުރާ ނިސްބަތަކީ:

  1. އެމްޑީޕީން: އަންހެން 6 ކެނޑިޑޭޓުން، ފިރިހެން 84 ކެނޑިޑޭޓުން، ކެނޑިޑޭޓުން، ޖުމްލަ 90 ކެނޑިޑޭޓުން
  2. ޕީއެންސީން: އަންހެން 2 ކެނޑިޑޭޓުން, ފިރިހެން 87 ކެނޑިޑޭޓުން، ޖުމްލަ 89 ކެނޑިޑޭޓުން
  3. ޑިމޮކްރެޓްސް: އަންހެން 12 ކެނޑިޑޭޓުން, ފިރިހެން 27 ކެނޑިޑޭޓުން, ޖުމްލަ 39 ކެނޑިޑޭޓުން
  4. ޖޭޕީ: އަންހެން 2 ކެނޑިޑޭޓުން, ފިރިހެން 8 ކެނޑިޑޭޓުން, ޖުމްލަ 10 ކެނޑިޑޭޓުން
  5. އަދާލަތު: ފިރިހެން 4 ކެނޑިޑޭޓުން, ޖުމްލަ 4 ކެނޑިޑޭޓުން
  6. އެމްޑީއޭ: ފިރިހެން 4 ކެނޑިޑޭޓުން, ޖުމްލަ 4 ކެނޑިޑޭޓުން
  7. އެމްއެންޕީން ފިރިހެން 2 ކެނޑިޑޭޓުން, ޖުމްލަ 2 ކެނޑިޑޭޓުން
  8. އަމިއްލަގޮތުން އަންހެން 20 ކެނޑިޑޭޓުން, ފިރިހެން 110 ކެނޑިޑޭޓުން، ޖުމްލަ 130 ކެނޑިޑޭޓުން
  9. 7 ޕާޓީން އަންހެން 22 ކެނޑިޑޭޓުން, ފިރިހެން 216 ކެނޑިޑޭޓުން، ޖުމްލަ 238 ކެނޑިޑޭޓުން.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ޖުމްލަ 381 ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން 9 ކެންޑިޑޭޓެއްގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައި ނުވެއެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާ ހިމެނޭއިރު، މިދާއިރާތަކަށް ސިޔާސީ ހުރިހާ ޕާޓީތަކުން މިހާރު ވަނީ ކެންޑިޑެސީ ފޯމުތައް ހުށަހަޅައިފައެވެ.

މާޗު 17 ގައި އިންތިހާބު ބާއްވަން މިހާރު ތާވާލުކޮށްފައި ވާއިރު، ރޯދައިގެ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް މަޖިލީހުން ވަނީ ގާނޫނަށް ބަދަލު ގެނެސްފައެވެ. އެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ތަސްދީގެއް ނުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.