ޚާއްސަ އެއީއަށް ބޭނުންވާ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން ދައްކުވައިދޭ "ރިހިވެލި" ކާނިވަލް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވައިފިއެވެ.
މިކާނިވަލް ހުޅުއްވައިދެއްވީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތެރިކަމުގެ ކާނިވާ، 'ރިވެލި ކާނިވަލް’ގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ޝާމިލްކުރުމުގެ މަސައްކަތް ފުޅާކޮށް، އާއިލީ ވެއްޓެއްގައި އެކި މުނިފޫހިފިލިވުމުގެ ހަރަކާތްތައް ހިމެނޭހެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، އެފަރާތްތަކަށް ބޭނުންވާ އެކި މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ކާނިވަލެއް ކަމުގައެވެ.
އޭގެ އިތުރުންވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް، މި ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުސަތުތައް އިތުރަށް ފުޅާކޮށްދިނުންވެސް މި ކާނިވަލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ކާނިވަލްއަކީ ދެ ދަންފަޅިއަކަށް ބަހާލައިގެން އެޗްޑިސީއާއި ގުޅިގެން ބާއްވާ ކާނިވަލްއެކެވެ.
އެގޮތުން ހަވީރު 16:00-18:00 އަށް އަދި ރޭގަނޑުގެ 20:00-22:00 އަށް ކުރިއަށް ކާނިވަލްގައި އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.