"ޑަންކީ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި

"ޑަންކީ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
17 ފެބްރުއަރީ 2024 07:00
0

ޝާހުރުކް ހާން ގެ ކާމިޔާބު ފިލްމް "ޑަންކީ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި މި ފިލްމް އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިއަ ފިލްމްއެކެވެ. އަދި ބޮކްސް އޮފީހުގައިވެސް ވަރަށް ރަނގަޅު އާމްދަނީއެއް ހޯދި ފިލްމްއެކެވެ.

"ޑަންކީ" އަކީ ކާމިޔާބު ފިލްމް ތަކެއް ގެނެސްދީފައިވާ ރާޖް ކުމާރު ހިރާނީ ޑައިރެކްޓް ކުރި ފިލްމްއެކެވެ. މީގެ ކާސްޓްގައި ތާޕްސީ ޕައްނޫ، ވިކީ ކޯޝަލް އަދި ބޮމަން އިރާނީ ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

މިދިއަ އަހަރުގެ ޑިސެމްބަރު 21 ގައި ރިލީޒްކޮށް، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު މި ފިލްމަކީ ހިޖުރަކުރުމާ ގުޅޭ ގޮތުން ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ގެނެސްދިން ކޮމެޑީ ޑްރާމާއެކެވެ. ޖުމްލަ 120 ކްރޯޑް ރުޕީސް (14.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ޑަންކީ" އަށް ބޮކްސް އޮފީހުގައި 470.6 ކްރޯޑް ރުޕީސް (58 މިލިއަން ޑޮލަރު) ލިބުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.