މަޖިލިސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ ރާއްޖެއިން ބޭރުގެ އެންމެ ދެގައުމެއްގައި

މަޖިލިސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ ރާއްޖެއިން ބޭރުގެ އެންމެ ދެގައުމެއްގައި

Author
ހުސެއިން
14 ފެބްރުއަރީ 2024 04:51
0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ ރާއްޖެއިން ބޭރުގެ ދެ ގައުމެއްގައި އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. އެ ދެ ގައުމަކީ މެލޭޝިއާ އާއި ސްރީލަންކާއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މާޗް 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓު، ރާއްޖެ އިން ބޭރު އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިން ހަމަނުވުމުގެ ސަބަބުން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ 17 ރިސޯޓެއް ހިމެނެއެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ކުރިން ނިންމި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިނގިރޭސި ވިލާތް، ތައިލެންޑް ހިމެނެއެވެ. އެކަމަކު، ވޯޓުލުމަށް އެ ގައުމުތަކުގައި 150 މީހުން ރަޖިސްޓްރީވެފައި ނުވާތީ ވޯޓު ފޮށި ނުބަހައްޓަން ނިންމީއެވެ.

އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓަން ނިންމުމާއެކު އެ ކޮމިޝަނުން ވަނީ އެތަންތަނުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މަޖިލިސް އިންތިހާބު މާޗް 17 ގައި ބޭއްވުމަށް ކަނޑައަޅާފައިވީ ނަމަވެސް ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވަން މަޖިލިހުން ވަނީ ފާސްކޮށްފައެވެ. އެކަމަކު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސް ކުރުމާ ގުޅިގެން އެ ބިލް ތަސްދީގު ކުރުމާ މެދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކި ގޮތެއް ނުނިންމަވައެވެ. އެމަނިކުފާނު ވިދާޅުވީ ބިލް ތަސްދީގު ކުރުމާ މެދުގައި ގޮތެއް ނިންމާނީ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.