ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން މި ފެބްރުއަރީމަހު 5 ވަނަ ދުވަހު މާލެ ސަރަހައްދުގައި ގޭބިސީތަކުން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އާ ގަޑިތަކަށް އަމަލުކުރަނީ ހަމައެކަނި އެ ދުވަހަށް ކަމަށާއި، ފެބްރުއަރީ ހަވަނަ ދުވަހުން ފެށިގެން އަނެއްކާވެސް އާންމު އުސޫލާ އެއްގޮތަށް އަލުން ފަށާނެ ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ.
ވެމްކޯއިން އިއުލާނުކޮށްފައިވާ ގަޑިތަކަށް ގެނެވުނު ބަދަލުތަކަކީ:
މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން – ހެނދުނު 08:00 އިން 17:00 އަށް
މާލޭ ގޭބިސީ ކަލެކްޝަން – 14:00 އިން 17:00 އަށް
ކޯލް އެންޑް ޕިކްއަޕް ގެ ހިދުމަތް – ހެނދުނު 09:00 އިން 16:00 އަށް
ހުޅުމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން – ހެނދުނު 08:00 އިން 17:00 އަށް
ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން – މެންދުރު 12:00 އިން 17:00 އަށް
ހުޅުމާލެ ހައުސްހޯލްޑް ކަލެކްޝަން (ފޭސް 2) – ހެނދުނު 07:00 އިން 15:00 އަށް
ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން – ހެނދުނު 08:00 އިން 17:00 އަށް
ވިލިމާލޭގެ ގޭބިސީ ކަލެކްޝަން – 14:00 އިން 17:00 އަށް ތިލަފުށި ޑިސްޕޯސަލް ސައިޓް – ހެނދުނު 08:30 އިން 17:00 އަށް
ކޮމެންޓު ފޮނުވާ