ބްރިޖް ހައިވޭގައި ހަދާފައި ހުރި ސޯލާ ޕެންތަކުގެ ސްޓޭންޑުތަކުގެ ތެރެއަށް ކާރެއް މުޑި އަރާ ބޮޑު އެކްސިޑެންޓެއް ހިނގައިިފިއެވެ.
މި އެކްސިޑެންޓުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި މި އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އަދި ސޯލާ ޕެނަލްތަކުގެ ސްޓޭންޑްުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރުވެސް ފެންނާން ހުރެއެވެ.
އެހެންނަމަވެސް މި އެކްސިޑެންޓުގައި މީހަކަށް ގެއްލުންވެފައިވާކަން އަދި ވަނީ ސާފުވާ ގޮތް ނުވެއެވެ.
މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ