ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ ޑިމޮކްރެޓްސް ޕާޓީން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މިފަހަރު ވާދަކުރާ 41 ދާއިރާގެ ތެރެއިން 37 އަކަށް ޕްރައިމަރީއާ ނުލާ ޓިކެޓް ކަށަވަރުވާ ގޮތް ވެއްޖެއެވެ.
އެޕާޓީން ބުނެފައިވަނީ އެ ޕާޓީން ވާދަކުތަން ހަމަޖެހިފައިވާ 41 ދާއިރާއަކަށް 46 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި، އެހެންނަމަވެސް އެކަކަށްވުރެ ގިނައިން ކުރިމަތި ލާފައިވަނީ 4 ދާއިރާއަކަށް ކަަމަށެވެ.
އެގޮތުން އެއް ކެނޑިޑޭޓުންނަށްވުރެ ގިނައިން ކެނޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީ ބާއްވާއިރު، އެއް ކެނޑިޑޭޓުން ކުރިމަތިލީ ދާއިރާތަކަށް ޕްރައިމަރީއާނުލާ ޓިކެޓް ހަވާލުކުރާ ގޮތަށް ވަނީ ހަމެޖެހިފައެވެ.
ޑިކޮމްރެޓްސް ޕާޓީގެ ފަރާތުން ވާދަކުރާ މެމްބަރުންގެ ތެރޭގައި އެޕާޓީގެ މިހާރުވެސް މެމްބަރު އިވާއާއި، އިންތިއާއި އަދި ބޮންޑޭވެސް އެމެމްބަރުން މިހާރުވެސް މެމްމަރުންކަން ކުރައްވާ ދާއިރާތަކަށް ވާދަކުރެއްވުމަށް ވަނީ ކުރިމަތިލައްވާފައެވެ.
ޑިކޮމްރެޓްސްއިން ބުނެފައިވަނީ ޕްރައިމަރީގައި ވާދަކުރުމަށް އެދި، އެންމެ މެމްބަރަކު ކުރިމަތިލާފައިވާ ދާއިރާތަކުގައި، ޕްރައިމަރީއަކާ ނުލާ އެ މެމްބަރަކަށް މި ޕާޓީގެ ޓިކެޓު ހަވާލުކުރެވޭއިރު، އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ބޭއްވޭ ޕްރައިމަރީ އޮންނާނީ 3 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު ކަމަށެވެ.
ކޮމެންޓު ފޮނުވާ