ރީޖަނަލް އެއާޕޯޓްގެ ޗެއާމަނަކަށް ނާސިފް އައްޔަން ކޮށްފި

ރީޖަނަލް އެއާޕޯޓްގެ ޗެއާމަނަކަށް ނާސިފް އައްޔަން ކޮށްފި

Author
ހުސެއިން
27 ޖެނުއަރީ 2024 11:58
0
ރީޖަނަލް އެއަރޕޯޓްސްގެ ޗެއާޕާސަނަކަށް އަހްމަދު ނާސިފް އައްޔަންކޮށްފިއެވެ.

ރައީސް ޔަމީންގެ ސަރުކާރުގައި ނާސިފް ފުރަތަމަ ހުންނެވީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައެވެ. އޭގެފަހުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ރައީސް ޔާމީން އުފައްދަވާ އެ ކުންފުނީގެ އެމްޑީއަކަށްވެސް ހަމަޖެއްސެވީ ނާސިފުއެވެ. އޭގެފަހުން ރައީސް ޔާމީންގެ ވެރިކަމުގެ ފަހު އަހަރު ނާސިފް ހުންނެވީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ.

އެތޭރޭގެ އެއާޕޯޓްތައް ބަލަހައްޓާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިންގެ ޑިރެކްޓަރަކީ ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު މުބީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.