އެމްއެމްޕީއާރުސީގެ ޚިޔާނާއި ގުޅިގެން ނިހާނަށް ފުރުންވަނީ މަނާކޮށްފަ: ޕޮލިސް

އެމްއެމްޕީއާރުސީގެ ޚިޔާނާއި ގުޅިގެން ނިހާނަށް ފުރުންވަނީ މަނާކޮށްފަ: ޕޮލިސް

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 05:05
0

ފަހުގެ ތާރީހެއްގައި ހިންގުނު އެންމެބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިންއަށް ފުރުން މަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އިސްކަންދީގެން ބަލަމުން އަންނަ އިރު އޭގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގަށް ނިހާންއާއި ނިހާންގެ އާއިލާގެ ބޭފުޅުންވެސް ވަނީ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސީސީން ވަނީ މިހާރު ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް މިމައްސަލަ ފޮނުވަން ތައްޔާރު ވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.