އެމަރޖެންސީގައި ކޮންމެ ވަގުތަކުވެސް ޕާސްޕޯޓު ޚިދުމަތް ލިބޭގޮތަށް ހަމަޖައްސައިފި

އެމަރޖެންސީގައި ކޮންމެ ވަގުތަކުވެސް ޕާސްޕޯޓު ޚިދުމަތް ލިބޭގޮތަށް ހަމަޖައްސައިފި

Author
އައިޝަތު އަޙްމަދު
22 ޖެނުއަރީ 2024 10:30
0

މެޑިކަލް އެމަރޖެންސީގައި ޕާސްޕޯޓަށް އެދިލައްވާ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ފުރިހަމަ އިސްކަމެއްދީ މެޑިކަލް އިމަރޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފުރުމަށް  ޕާސްޕޯޓް ހެއްދުމަށް އަންނަ ފަރާތްތަކަށް ހިނދުން ހިނދަށް މިޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގެންނެވި ބަދަލެއް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، މެޑިކަލް އެމަރޖެންސީގައި ޕާސްޕޯޓަށް އެދިލައްވާ ފަރާތްތަކަށް ކޮންމެ ވަގުތަކު، ހިނދުން ހިނދަށް އެ ޚިދުމަތް މިހާރު ލިބިގެންދާނެކަމަށެވެ. މިފަދަ ފަރާތްތަކަށް އިމިގްރޭޝަންގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށާއި، ޕާސްޕޯޓުގައި ޖެހުމަށް ބޭނުންވާ ފޮޓޯ ނެގުމުގެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން މެޑިކަލް އިމަރޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، އުމުރުން ދުވަސްވީ 65 އަހަރުން މަތީގެ ފަރާތްތަކަށް އެފަރާތުން ބޭނުންވާނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

މެޑިކަލް އިމަރޖެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް ޕާސްޕޯޓު ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން، އިމިގްރޭޝަންގެ އެހީތެރިކަމާއިއެކު ޕާސްޕޯޓަށް އެދި ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމްވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެކަމަށް ވަނީ ބުނެފައެވެ. އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މިޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.