މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީން ހަތަރު ދާއިރާއަކަށް ވާދަކުރަން ހުޅުވާލައިފިއެވެ.
އަދާލަތު ޕާޓީން މިރޭ ބުނީ މާޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ޓިކެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
މިގޮތުން ޢަދާލަތު ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 39 ވަނަ ބައްދަލުވުމުން ނިންމައިފައިވާ ނިންމުމާ އެއްގޮތަށް އާންމުކޮށް ހުޅުވާލައިގެން ޓިކެޓަށް އެދުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ދާއިރާތަކަކީ އަދާލަތު ޕާޓީން ބުނި ގޮތުގައި:
1. ވައިކަރަދޫ ދާއިރާ
2. މަކުނުދޫ ދާއިރާ
3. އިނގުރައިދޫ ދާއިރާ
4. ފެލިދޫ ދާއިރާ
މި ދާއިރާތަކަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން އެދޭ މީހުން އަންނަ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ފޯމް ފުރިހަމަ ކުރުމަށް ފަހު އަދާލަތު ޕާޓީގެ އޮފީހަށް ހުށަހެޅުމަށް އެ ޕާޓީން އެދެއެވެ. އަދި ޕާޓީގެ ނަމުގައި މި ނޫން ދާއިރާއަކަށް ކުރިމަތިލާން އެދޭ މީހުން ސިޓީ ފޮނުވުމަށް ވެސް އެދިފައިވެއެވެ.