ލ. އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ފަށަން މޯލްޑިވްސް އިމިގްރޭޝަނުން މަސައްކަތް ފަށައިފިއެވެ.
އިމިގްރޭޝަންގެ ވެރިން މިއަދު ވަނީ ފޮނަދޫ ކައުންސިލް މެމްބަރުންނާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލު ކުރެއްވުމުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އިމިގްރޭޝަނުން ބުނީ މި ބައްދަލުވުމުގައި ލ. އަތޮޅުގައި އިމިގްރޭޝަންގެ ހިދުމަތް ގާއިމުކުރުމާ ގުޅޭ މަސައްކަތްތައް ފެށުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން މިހާރު ވަނީ ސިޓީތަކުން ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަސްކޮށްފައެވެ. އެއާއެކު، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން ތިނަދޫ ސިޓީގައި ޕާސްޕޯޓްގެ ހިދުމަތް ދޫކުރުން އަވަސްވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ