ކެޕޭސިޓީ ވަރަށް ބޮޑުތަނުން އިތުރުކޮށް ވީއައިއޭގެ އާ ކާގޯ ޓާމިނަލް މިއަދު ހުޅުވައިފިއެވެ.
މި ޓާމިނަލް ހުޅުވައިދެއްވީވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ވީއައިއޭގެ އާ ޓާނިނަލް މިއަދު ހުޅުވީ އަހަރަކު 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ގޮތަށް ގޮތަށެވެ.
މި ޓާމިނަލަކީ އެއަރޕޯޓުހެ ކާގޯގެ އަދަދު އެތައް ގުނައެއް އިތުރުވެ، ޓާމިނަލް ކުޑަވުމުން ދިމާވަމުން އައި މައްސަލަތައް ހައްލިކުރިމަށް އަމާޒުކޮށް 2018 ވަނަ އަހަރު ފެށި މަޝްރޫޢެއްގެ ދަށުން ތަރައްގީކުރި ޓާމިންއެކެވެ.
އާ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކ ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ކުރިން ކާގޯ ޓާމިނަލް އޯވަރ ކެޕޭސިޓީގައި 75،000 ޓަނާއި ހަމައަށް ބޭނުން ކޮށްފައިވާ ކަމުގައެވެ. އޭރު ޓާމިނަލްގެ ކެޕޭސިޓީއަކީ 50،000 ޓަނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އާ ކާގޯ ޓާމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ހިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެއެވެ.
ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ ބާ ޓާމިއަލްއަކީ އުމުރުން 40 އަހަރު ވެފައިވާ ޓާމިނަލަކަށް ވުމުން އެތަނުގައި ކަސްޓަމަރުންގެ މުދާ އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓެމުން ނުދާކަމުގައެވެ.
އަލަށް ހުޅުވި ކާގޯ ޓާމިނަލްގައި މުވައްޒަފުންނާއި ކާގޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް ހާއްސަކޮށް ތިން ބުރީގެ އޮފީސް އިމާރާތެއް ހަދާފައިވާއިރު، މި ތަނުގައި އެއާލައިން ކާގޯ އަދި ކާގޯ ބްރޯކަރުނަށް ހާއްސަ 55 އޮފީސް ވަނީ ގާއިމް ކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ