ހެލްތު މިނިސްޓަރަށް ލަފާ ދިނުމަށް 3 ކޮމިޓީ އެކުލަވާލަން އެދިއްޖެ

ހެލްތު މިނިސްޓަރަށް ލަފާ ދިނުމަށް 3 ކޮމިޓީ އެކުލަވާލަން އެދިއްޖެ

Author
އަހުމަދު
15 ޖެނުއަރީ 2024 11:02
0

ސިއްހީ ދާއިރާއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކޮށް، އެ ދާއިރާ ކުރިއެރުވުމުގައި ސިއްހީ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ލަފަ އާއި އިރުޝާދު ހޯދުމަށްޓަކައި، ތިން ކޮމިޓީއެއް އެކުލަވާލަން ހެލްތު މިނިސްޓްރީން އެދިއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް މިއަދު ވިދާޅުވީ، ސޯޝަލް ކައުންސިލްގައި މަޝްވަރާ ކުރެވުނު އެއް ކަމަކީ ސިއްހީ ދާއިރާ އަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލު ކުރުމާއި އެ ދާއިރާ ކުރިއެރުވުމުގައި ތަޖުރިބާ ހުރި ފަރާތްތަކުގެ ލަފަ އާއި އިރުޝާދު ހޯދުމުގައި މިނިސްޓަރަށް ލަފާ ދޭ ތިން ކޮމިޓީއެއް އެކުލަވާލަން ހެލްތު މިނިސްޓްރީން ކަރުދާހެއް ހުށަހަޅާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން އެކުލަވާލަން ހުށަހަޅާފައިވާ ތިން ކޮމިޓީއަކީ:

– ހެލްތު އެޑްވައިޒަރީ ކޮމިޓީ
– ޕަބްލިކް ހެލްތު އެޑްވައިޒަރީ ކޮމިޓީ
– ކިިއުރޭޓިވް ހެލްތުކެއާގެ އެޑްވައިޒަރީ ކޮމިޓީ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.