ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހއ. އިން ވ. އަށް ހުދު ސަމާލު ނެރެފި

ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހއ. އިން ވ. އަށް ހުދު ސަމާލު ނެރެފި

Author
ހުސެއިން
12 ޖެނުއަރީ 2024 10:08
0

ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހއ. އިން ވ. އަށް މެޓް އޮފީހުން ހހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި އަތޮޅުތަކުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭއިރު، ވިލާގަޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމުގައެވެ.

މެޓް އޮފީހުންވަނީ މިރޭ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ރީނދީ ސަމާލުވެސް ނެރެފައެވެ. މި އަތޮޅުތަކުގައި ވިލާގަޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިރޭ ވިދާޅުވެފައިވަނީ، ވިއްސާރާގައި ފެން ބޮޑުވެގެން ރިޕޯޓު ކޮށްފައިވަނީ މާލޭގެ އިތުރުން 4 ރަށަކުން ކަމަށެވެ.

އެ ރަށްތަކަކީ މާލޭގެ އިތުރުން ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ ކުޑަހުވަދޫއެވެ.

އެންޑީއެމްއޭ ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާލޭގައި ފެންބޮޑުވެ އެހީއަށް އެދުނު 144 ގޭގެ ތެރެއިން 132 ގެއަކަށް މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

އެންޑީއެމްއޭއިން ކުރި އެކްސް ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، މިރޭގެ މިހާތަނަށް 91 ގެއެއްގައި ވަނީ ވެލިބަސްތާ ޖެއްސިފައި ވާއިރު، 8 ގެއެއްގެ 57 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސާފައިވާކަމުގައެވެ.

އެންޑީއެމްއޭއިން ބުނެފައިވަނީ އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މާލޭގެ ގެތަކަށް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.