މޯލްޑިވިއަންއިން ޑީއެޗްސީ-8 މަރުކާގެ ބޯޓެއް ވިއްކާލަނީ

މޯލްޑިވިއަންއިން ޑީއެޗްސީ-8 މަރުކާގެ ބޯޓެއް ވިއްކާލަނީ

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އެ ކުންފުނީގެ ޑީއެޗްސީ-8 މަރުކާގެ މަތިންދާބޯޓެއް ވިއްކާލަން އިއުލާން ކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ބުނީ އައިއޭއެސްއެލްގެ ހިއްސާ އޮންނަ އަދި އޮޕަރޭޓްކުރާ ޑެހަވިލަންޑް ޑީއެޗްސީ-8 މަރުކާގެ މަތިންދާބޯޓު އެމްއެސްއެން 546 ގަތުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށެވެ.

އައިއޭއެސްއެލްއިން ބުނީ އާރް.އެފް.ޕީ. ނުވަތަ ޕްރޮޖެކްޓްގެ އެއްވެސް ކަމެއް ސާފުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އައި.އޭ.އެސް.އެލްއަށް ލިޔުމުން ނުވަތަ ގުޅުއްވައި ތިރީގައިވާ އީމެއިލްއާއި 26 ޖެނުއަރީ 2024، 14:30 ގެ ކުރުން ހިއްސާކުރުމަށް އެދޭ ކަމަށެވެ:

[email protected] [email protected] އަދި [email protected]

މޯލްޑިވިއަންއިން މިއަދުވަނީ 6 އަހަރު ދުވަހުގެ މުއްދަތަށް (ވަން) ބޮއިންގް ބީ787-8 މަރުކާގެ މަތިންދާބޯޓު ކުއްޔަށް ހިފުމަށް މޯލްޑިވިއަންއިން އިއުލާން ކޮށްފައެވެ.

މޯލްޑިވިއަންއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެކުންފުނިން އާރްއެފްޕީގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން 6 އަހަރު ދުވަހުގެ މުއްދަތަށް (ވަން) ބޮއިންގް ބީ787-8 މަރުކާގެ މަތިންދާބޯޓު ޑްރައި ލީޒް އުސޫލުން ދިނުމަށް ހުށަހަޅަން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށް ދައުވަތު ދީފައިވާކަމުގައެވެ.

އަދި ބިޑް ރަޖިސްޓްރީވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 25 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ނިޔަލަށް ބިޑް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މޯލްޑިވިއަންއިންގެ އިއުލާނުގައި ވާގޮތުން، ބިޑްގައި ބައިވެރިވުމަށްޓަކައި، ކުންފުނިން އާންމުކޮށްފައިވާ މެއިލް ފޯމެޓާ އެއްގޮތްވާ ގޮތުގެ މަތިން ފުރިފައިވާ އީއޯއައި ފޯމް އައިއޭއެސްއެލް ޕްރޮކިއުމަންޓް މެއިލްއަށް މެއިލްކޮށްގެން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން ޖެހެއެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ މިއީ އެކުންފުނީގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށް، ދުރު މަންޒިލްތަކަށް ފްލައިޓުތައް ތައާރަފު ކުރަން ގެންނަ ބޯޓެއް ކަމަށެވެ.

މޯލްޑިވިއަންގެ އިއުލާންގައި ވަނީ ބޮއިން 8-787 މަރުކާގެ ބޯޑެއް ޑްރައި ލީޒްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ހަ އަހަރުގެ މުއްދަތަކަށް ނަގާ ބޯޓް ވާން ޖެހޭނީ އިކޮނޮމީ އާއި ބިޒްނަސް ކްލާސް ހިމެނޭ ގޮތަށް ޖުމްލަ 270 ސީޓްގެ އެއްޗަކަށް ކަމަށްވެސް އިއުލާނުގައިވެއެވެ. އެގޮތުން ބިޒްނަސް ކްލާހުގެ އެންމެ މަދުވެގެން 15-20 ދެމެދުގެ ޖާގަ ހުންނަން ޖެހޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *