އެއްވެސް ހާލަތެއްގައި ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމާއި މައުމޫން ދެކޮޅު

އެއްވެސް ހާލަތެއްގައި ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމާއި މައުމޫން ދެކޮޅު

އެއްވެސް ސަބަބަކާހުރެ ރާއްޖޭގައި މަރުގެ އަދަބު ދޭން ފެށުމަކީ ފެންނަ ކަމެއް ނޫން ކަމުގައި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ، ރޭ ކުރިޔަސް ގެންދިޔަ ޕީއެސްއެމް މޭޔަރު ބަހުސްގައި، މަރުގެ އަދަބު ދިނުމަށް ތާއީދުކޮށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ދެއްކެވި ވާހަކައަށް އިޝާރާތްކޮށް ކުރެއްވި ޓުވީޓެއްގައެވެ.
މައުމޫނުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، އެކަމަށް ޢާންމުންގެ ތާއީދު ހޯދުމަށް އެވާހަކަ ދެއްކުމަކީ ތަޢުލީމީ މީހަކު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމުގައެވެ.

ރައިސް މައުމޫނަކީ ރައްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާއި އަބަދުވެސް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އެގޮތުން މިސަރުކާރުންވެސް މަރުގެ އަދަބު ތަމްފީޒުކުރާނޭކަން ހާމަކުރުމުންވެސް މައުމޫނުވަނީ އެނިންމުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެފަހަރު، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެއްވުމަށް އެމަނިކުފާނު ދެކޮޅު ހައްދަވާ ސަބަބުތައް ބަޔާންކޮށް ޚާއްސަ ލިޔުމެއް އާންމު ކުރައްވާނެކަމަށްވެސް މައުމޫނު ވިދާޅުވެފައި ވެއެވެ.

މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒްކޮށްފައެއް ނުވެއެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގިޞާސް ހިފަން ބައެއް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް ތަންފީޒުކުރުމާ ހަމައަށް ނުދެއެވެ.

ރައްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ވާހަކަ ތަކަކީ ކޮންމެ ސަރުކާރަކުންވެސް ދައްކަމުން އަންނަ ވާހަކައަކަށްވި ނަމަވެސް އެއްވެސް ސަރުކާރަކަށް އެހުކުމް ތަންފީޒު ކުރެވިފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *