ކޯވިޑާއި މަތިކޮށް އިދިކޮޅު ފަރާތްތައް ރަށު ބަންދު ކުރުމަށްފަހު ސަރުކާރުން މުޅި ރާއްޖޭގައި ކެމްޕެއިން ކުރަމުންދާތީ އެކަމުގައި ކަންބޮޑުވުން ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ފާޅުކުރައްވައިފިއެވެ.
ޝިޔާމް ވިދާޅުވީ ކޯވިޑް-19 ގެ ނުރައްކާ އޮތްކަމަށްބުނެ އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުރުމުގެ އެއްވެސް ފުރުސަތެއް ސަރުކާރުން ނުދެއްވާއިރު، ސަރުކާރުގެ ވެރިންނާއި، ކުންފުނިތަކުގެ ވެރިން ރަށް ރަށަށް ވަޑައިގެން ގޭގެއަށް ވަދެ ވަރަށް ފުޅާކޮށް ކެންޕެއިން ކުރަމުންދާކަމަށެވެ. އަދި މިކަންކުރަމުންދަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކާ މަތިކޮށްފައިކަމަށް ޝިޔާމް ވިދާޅުވިއެވެ. ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ހައްގެއް މިސަރުކާރުން ނިގުޅައި ގަންނަމުންދާއިރު މިއީ ރައްޔިތުން މިއަދު ނުހަނު ކަންބޮޑުވާ އަދި ހޯދަން ބޭނުންވާ ހައްގުތަކެއް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
Qanoon Asaaseen kashavarukohdhey rayyithunge ethah haqqeh sarukaarun sihhee kulli nurakkaluge namugai vanee nigulhaiganenfai. Mikankan adhi beleyne IA. LCE campaignga sarukaaruge isverin Covidaka Covideh kiya mulhi raajjeyga ulhevey iru vaadhaverin rashu bandhugai?? @ElectionsMv
— Ahmed Shiyam (@Shiyamaldives) December 14, 2020
ކައުންސިލް އިންތިޚާބު ބޭއްވުމަށް އަންނަ އަހަރުގެ މާރޗް މަހުގެ ފުރަތަމަ ހަފްތާއަށް ތާވަލް ކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކަށް ކެމްޕެއިން ކުުރުމުގެ އެއްވެސް ފުރުސަތެއް އަދި މިހާތަނަށް ދީފައި ނުވެއެވެ. މިކަމުގައި އިދިިކޮޅު ފަރާތްތަކުން ކަމާއި ބެހޭ ފަރާތްތަކާއި ބައްދަލުކޮށް އެތައް ސިޓީއެއް ފޮނުވާފައިވާއިރު މިކަމަށް މާބޮޑު ސަމާލުކަމެއް ސަރުކާރުން ދީފައި ނުވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ކެމްޕެއިން ކުރުމަށް ޤާނޫނުގައި ބުނާ މުއްދަތު ނުދީ އިންތިޚާބު ބާއްވައިފިނަމަ އިންތިޚާބަކީ ބޭކާރު އިންތިޚާބަކަށްވުމުގެ ފުރުސަތުވެސް ބޮޑެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ ކެމްޕެއިން ކުރުމަށް ޤާނޫނުގައި ބުނާ މުއްދަތު ނުލިބޭ ގޮތަކަށް އިލެކްޝަން ކޮމިޝަނުން އިންތިޚާބު ބާއްވަން އިއުލާން ނުކުރާނެކަމަށެވެ.
ކޮމެންޓު ފޮނުވާ