މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރާގައި މައި އެއަރޕޯޓްހިންގާ ހުޅުލޭގައިވެސް ފެންބޮޑުވެއްޖެއެވެ.
އެއަރޕޯޓުގައި ފެން ބޮޑޫވެ އޮޕަރޭޝަންތަކަށް ބުރޫއަރާފާނެތީ އެކަމަށް ސަމާލުވުމަށް އެމްއޭސީއެލުން ވަނީ އިލްތިމާސްކޮށްފައެވެ. އެމްއޭސީއެލުން ބުނީ، ބޯ ވާރޭގެ ސަބަބުން ވިޒިބިލިޓީ ދަށްވުމާއި، އެ ނޫން އެކި ކަންކަމުގެ ސަބަބުން ފްލައިޓްތައް ޑިލޭވަމުން އަންނަކަމަށެވެ.
އެހެންނަމަވެސް ޑިލޭ މަދުކޮށް ވީހާވެސް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްއޭސީއެލުން ބުންޏެވެ.
ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައަކީ އިރުވައި މޫސުން ފެށޭ ވިއްސާރައެވެ. އެގޮތުން މިއަދާ މާދަމާވެސް ވިއްސާރަ ކުރާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މާލެއަށްވެސް ރެއިން ފެށިގެން ކުރާ ވިއްސާރާގައި ވަނީ ފެންބޮޑޫވެފައެވެ. ބައެއް ގޭގެއަށާއި ފިހާރަތަށް ފެން ވަދެ އާންމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފައެވެ.
ކޮމެންޓު ފޮނުވާ