އައު އަހަރާ ދިމާކޮށް މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެއަށް

އައު އަހަރާ ދިމާކޮށް މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެއަށް

ގުޅުންހުރި

އައު އަހަރާ ދިމާކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ބޭރުގެ އެތައް މަހުޖަނުންނެއް އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަންނަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އައު އަހަރާއި ކްރިސްމަސް ދުވަސްވަރާއި ދިމާކޮށް އަބަދުވެސް ދުނިޔޭގެ މުއްސަނދިން ރާއްޖެއަށް އާދެއެވެ.

އެމްއޭސީއެލުން ބުނީ އައު އަހަރާ ދިމާކޮށް 30 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓު ވެލާނާ އިންޓަނޭޝަނލް އެއާޕޯޓަށް އައިސްފައިވާކަމަށެވެ.

މި ދުވަސްވަރާ ދިމާކޮށް އެމްއޭސީއެލުން ވަނީ ޕާކިން ސަރަހައްދު ބޮޑުކޮށްފައެވެ.

ޕީކަށް ތައްޔާރުވުމުގެ ގޮތުން ވީއައިއޭ އިން ވަނީ އަލަށް ތަރައްގީކުރި ޕާކިން ސްލޮޓް (ރޭމްޕް އޭރިއާ) ގެ ބޭނުން ހިފައި ޖުމްލަ 68 ޖެޓް ޖެއްސޭނެ ކަމަށް ބުނެފަ އެވެ. މި ކާމިޔާބީއަކީ ޖެނެރަލް އޭވިއޭޝަންގެ މަތިންދާބޯޓުތަކަށް އަލަށް ކަނޑައެޅި ޕާކިން އޭރިއާތަކުގެ ސަބަބުން ގެނެވުނު އެފިޝަންސީ އާއި ކެޕޭސިޓީ އިތުރުކުރުމުގެ ހެއްކެއްކަމަށްވެސް ވީއައިއޭއިން ބުނެފަައި ވެއެވެ.

އަދި ވީއައިއޭއިން ބުނެފައިވަނީ، މި އާ ޕާކިން ސްލޮޓްތައް ތަރައްގީ ކުރުމުގެ ކުރިން ވީއައިއޭ އަށް 39 މަތިންދާ ބޯޓު ބެހެއްޓޭނެ ކަމަށާއި، އެހެންނަމަވެސް އާ ފިއުލް ފާމް ކުރިމަތީގައި އަދި ހުޅަނގު ދެކުނު ފަރާތުގައި ސްޓްރެޓެޖިކް އެޑިޝަންތަކާއެކު އެއާޕޯޓުގައި އެއްފަހަރާ 68 ޖެޓް ބޭއްވޭނެ ކަމުގައެވެ.

ޕާކިން ސްލޮޓްތައް ބަހާލެވިފައިވާ ގޮތް:

ނޯތު އޭޕްރަން: 13، އިރުމަތީ އޭޕްރަން: 26، ފިއުލް ފާމް ކުރިމަތީގައި އާ ޖީއޭ ޕާކިން: 13، އާ ޖީއޭ ޕާކިން ސައުތު: 16.

މި ޖާގަ އެމްއޭސީއެލް އިން އިތުރު ކޮށްފައިވަނީ، ހުޅަނގު ދެކުނު ފަރާތުގައި 27،257 އަކަ މީޓަރުގެ ޕާކިން އޭރިއާއި، އާ ފިއުލް ފާމް ކުރިމަތީގައި ޕާކިންގައި އުތުރުގައި 27،590 އަކަ މީޓަރުގެ ޕާކިން އޭރިއާގައެވެ.

މިއީ ފިނި މޫސުމުގެ ޕީކްގައި ރާއްޖެއަށް ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވެ، އޮޕަރޭޝަންތަކާއި ހިދުމަތްތައް ފުޅާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތެއްކަމަށް އެމްއޭސީއެލްއިން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ