ކެބިނެޓަށް ރުހުން ހޯދާކަށް ނޫޅެން، ނުދިނަސް ސަރުކާރަށް ޤާނޫނީ ހުރަހެއް ނެތް: އަދުރޭ

ކެބިނެޓަށް ރުހުން ހޯދާކަށް ނޫޅެން، ނުދިނަސް ސަރުކާރަށް ޤާނޫނީ ހުރަހެއް ނެތް: އަދުރޭ

Author
އައިޝަތު އަޙްމަދު
28 ޑިސެމްބަރ 2023 09:13
0

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ހޯދަން ނޫޅޭކަމަށާއި، ދޭން ބޭނުންނޫންނަމަ ނުދީ ތިބެންވީކަމަށް ވިދާޅުވެ ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެމްޑީޕީއަށް ރައްދު ދެއްވައިފިއެވެ. އަދުރޭ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަޤާމާ ހަވާލުވެވަޑައިގެން އެކުލަވާލެއްވި ކެބިނެޓަށް ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލާގައި، އެމްޑީޕީގެ އަގްލަބިއްޔަތު އޮތް މަޖިލީހުން ރުހުން ދީފައިނުވާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.

ފެށުން މިނަމުގައި ދަރުބާރުގޭގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ޕީޕީއެމް ޕީއެންސީން އަދިވެސް މިތިބީ އެއްފިކުރެއްގައިކަމަށާއި، ފިކުރަށް ބަދަލެއް ނާންނާނެކަމަށެވެ.

ދެންވެސް ތިބޭނީ އެފިކުރުގައިކަމަށާއި، ގޮތް ދޫކޮށްފައި އެހެން ދިމަދިމާލަށް ނުދާކަމަށ އަދުރޭ ވިދާޅުވިއެވެ. އިއްޔެ ދެއްކި ވާހަކަ އަދިވެސް ހަނދާން އެބަހުރިކަމަށާއި، ފާޑުކިޔާ މީހުންގެ ފާޑުކިޔުމަށް ޖަވާބުދޭނީ ޢަމަލުންކަމަށާއި، އެއީ ރައްޔިތުންނަށް ހިނިތުންވުން ގެނުުވައިގެންކަމަށް އަދުރޭ ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެއިން ފެންނާނީ އުފާފާގަތިކަމާއި ފުދުންތެރިކަމާއި ތަރައްޤީކަމަށް އަދުރޭ ވިދާޅުވިއެވެ. އަނިޔާވެރިކަމަށް ޖާގަ ނުދޭނެކަމަށާއި، އިސްކުރާނީ ސުލްހަ މަސަލަސްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"ޑިމޮކްރަސީ ރާއްޖެއަށް ތަޢާފްކުރި މީހުން ވަކާލަތުކުރި މީހުން ދައްކުުވައިދިނީ ޑިމޮކްރަސީ އެމީހުން ބީރަށްޓެހިކަން. ވަޒީރުންނަށް ރުހުން ނުދޭ ބަޔަކު ތިމަންނަމެންނީ ޑިމޮކްރަސި ދަންނަބަޔެކޭ ކިޔައި ވާހަކަ ދައްކާނެކަމެއްނެތް.

– އަދުރޭ ވިދާޅުވިއެވެ.

ޑިމޮކްރަސީ ދަސްކުރަން ބޭނުންނަމަ ޕީޕީއެމް ޕީއެންސީގެ ފަހަތުން ދިއުމަށް ގޮވާލެއްވިއެވެ. ޑިމޮކްރަސީ ކޮންމެ އިންތިޚާބަކުން ދައްކުވައިދޭކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކެބިނެޓަށް ރުހުން ނުދޭ މައްސަލައަށް އިޝާރާތްކުރައްވާ އަދުރޭ ވިދާޅުވީ ކެބިނެޓަށް ރުހުން ނުދިނުމަކުން ސަރުކާރުގެ މަސައްކަތްތަކަށް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ. ރައީސް އައްޔަންކުރާ މީހުންނަށް މަސައްކަތްކުރެވޭނެކަމަށާއި، ރުހުން ނުދޭހާ ހިނދަކު އިތުބާރު ނެތްކަމުގެ ވޯޓުވެސް ނުނެގޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ޤާނޫނީ ސަރުކާރު ވައްޓާލުމުގެ ފުރުޞަތު ނުދެއްވާނެކމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.