މޯލްޑިސް ހައްޖު ކޯޕަރޭޝަންއިން ފޯރުކޮށްދޭ ޚިދުމަތްތައް މާކެޓް ކުރުމަށް އޭޖެންޓުން ހޯދަން އިއުލަން ކޮށްފިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކާއި ރަށެއް ހިމެނޭގޮތަށް އެ ކުންފުންޏަށް އޭޖެންޓުން ހޯދަން ބޭނުންވަނީ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދިނުމަށްކަމަށް ހައްޖު ކޯޕަރޭޝަންއިން ބުނެފައި ވެއެވެ.
އޭޖެންޓުންނަށް ވުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި، މުއްދަތު ހަމަނުވާ އައިޑީކާޑިގެ ކޮޕީ އާއި ވަނަވަރު އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީގެ އިތުރުން ވަޒީފާ ނުވަތަ ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީއެއްވެސް ހުށަހެޅުމަށް ހައްޖު ކޯޕަރޭޝަންއިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.