ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފައްދަނީ

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފައްދަނީ

Author
ހުސެއިން
25 ޑިސެމްބަރ 2023 12:06
0

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފައްދުމަށް ކެބުނެޓުން ނިންމައިފިއެވެ.

މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި ކެބިނެޓް ނިންމުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު ނާޒިމް ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދުމަށް ކެބިނެޓުން ނިންމާފައިވަނީ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ކެބިނެޓަށް ހުށަހެޅި ކަރުދާހާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ބޯޑަކީ 15 މެމްބަރުންގެ ބޯޑެއްގެ މައްޗަށް ކަމަށާއި، ބޯޑުގައި ހިމެނޭނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން ކަމުގައެވެ. އަދި މި ބޯޑުގައި ގައުމީ ޔުނިވަރސިޓީއާއި، ގައުމީ އެތްލީޑޓުންގެ ފަރާތުންނާއި، އެންޖީއޯ ތަކުންނާއި، ފައްނިއްޔާތާ ފަންނުވެރިކަމުގެ ދާއިރާއާއި، ސާނަވީ ސްކޫލުތްކުގެ ދަރިންވަރުންގެ ތެރެއިން ހޮވާލެބޭ ކުދިންވެސް މި ބޯޑުގައި ތަމްސީލު ކުރާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އަދި އޭނާ އިތުރަށް ވިދާޅުވީ ކޮންމެ 3 މަހުން 1 މަހު ރައީސް މި ބޯޑޫ ޗެއަރ ކުރައްވާނެ ކަމަށާއި، އެހެން ބައްދަލުވުންތައް ޗެއަރ ކުރައްވާނީ ރައީސް ކަނޑައަޅުއްވާ ފަރާތެއް ކަމުގައެވެ.

އަދި ބޯޑުން ނިންމާ ކަންކަން ކެބިނެޓް ލެވެލްގައި މަޝްވަރާ ކުރެވުމުގެ އިތުރުން ޒުވާނުންނާއި ތިމާވެއްޓާއި ގުޅުންހުރި ބައްދަލުވުންތަކަށް ރައީށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް މި ބޯޑުގެ މެމްބަރުން ގެންދަވާނެކަމަށެވެ. އަދި އޭގެ އިތުރުން ސަރުކާރުގެ މުހިންމު ޖަލްސާތަކާއި ބައެއް ބައްދަލުވުންތަކުގައިވެސް މި ކޮމިޓީގް މެމްބަރުން ހިމެނުމަށް ހަމަޖެހިފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.