ބިދޭސީންގެ މެޑިކަލް ޗެކަޕް ހަދާ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި

ބިދޭސީންގެ މެޑިކަލް ޗެކަޕް ހަދާ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި

ރާއްޖެއަށް ދަތުރުކުރާ ބިދޭސީންނާއި އަދި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މެޑިކަލް ޗެކްއަޕް ހެދުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

އިއްޔެ ބޭއްވުނު ކެބިނެޓް ބައްދަލުވުމާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ރައީސް އޮފީހުގެ މިނިސްޓަރު ނާޒިމް ވިދާޅުވީ ބިދޭސީންގެ މެޑިކަލް ޗެކަޕް ހެދުމުގެ އުސޫލު ހަރުދަނާ ކުރުމަށްޓަކާ، ރާއްޖެއަށް ބިދޭސީއަކު އައުމަށްފަހު މެޑިކަލް ޗެކަޕް ނިންމުމަށް މިހާރު ހަމަޖައްސާފައި އޮންނަ 30 ދުވަސް 15 ދުވަހަށް ކުރު ކުުރުމަށްވެސް ކެބިނެޓުން ނިންމާފައިވާ ކަމުގައެވެ.

އޭގެ އިތުރުން ޑިޕެންޑެންޓް ވިސާ، މެރިޖް ވިސާ، ވާރކް ވިސާފަދަ، ދިގމުއްދަތަކަށް އަންނަ މީހުންވެސް އަހަރަަކު އެއްފަހަރު މެޑިކަލް ހެދުން މި ގެނެވުނު ބަދަލުތަކާއެކު ލާޒިމް ވެގެންދާނެ ކަމުގައެވެ. ހަމަ އެއާއެކު، އެންޑމިކް ސަރަހައްދުތަކުން އަންނަ ފަރާތްތަކުން ވިސާ އެކްސްޑެންޓް ކުރާއިރުވެސް ވިސާ އާކުރުމުގެ ކުރިން މެޑިކަލް ހަދަން ޖެހޭގޮތަށް ނިންމާފައިކަމަށްވެސް އެނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އެންޑަމިކް ތަންތަނުން އަންނަ މީހުންގެ ޕްރި އެރައިވަލް ވިސާ ހެދުމަށް ލާޒިމް ކުރުމަށްވެސް ނިންމާފައިވާކަމަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، ވިސާއެއްގައި ހުރި މީހަކު، މެޑކަލް ޗެކަޕް ހަދާފައު ނުވާތާ 1 އަހަރު ވެއްޖެ ނަމަ، މެޑިކަލް ޗކަލް ހެދުން ލާޒިމް ކުރުމަށްވެސް ނިންމާފައިވާ ކަމުގައެވެ. އަދި ބިދޭސީން ރެގިއުލާޒަރައިޒް ކުރާއިރުވެސް މެޑިކަލް ޗެކަޕް ހެދުން ލާޒިމް ކުުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދި އެވަގުތެއްގެ ހާލަތަށް ބަލާއިރު ހެލްތު މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން މެޑިކަލް ވިސާ ހެދުން ލާޒިމް ކުރެވޭގޮތަށް އުސޫލުތަކަށް ބަދަލު ގެނެވި، އެ ބާރު ހެލްތު މިނިސްޓްރީއަށް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ނާޒިމް ވިދާޅުވީ ހެލްތުން ގަބޫލުކުރާ ބައެއް ތަންނަތުން ހަދާ މެޑިކަލް ޗެކަޕް ގަބޫލުކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، ރާއްޖެއަކީ ގައިންގަޔަށް އަރާ ގިނަ ބަލިތަކެއް ކޮންޓްރީ ކުރެވިފައވާތީ ޕްރިކޯޝަނަރީ މެޝާރތައް ނެގުމަށް މެޑިކަލް ޗެކޕްގެ ނިޒާމަ ހަރުދަނާ ކުރަން ޖެހިފައިވާ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *