އިސްލާމީ ޓީވީ ޗެނަލަކަށް ކިޔަން ރީތި ނަމެއް ހުށައަޅައި ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އެދިވަޑައިގެންފިއެވެ. ޑރ، ޝަހީމް މިކަމަށް އެދިލެއްވީ އޭނާގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފޭސް ބުކު ޕޯސްޓުގައި ޑރ. ޝަހީމް ވަނީ ބައެއް ނަންތައް ވެސް ހިއްސާވެސް ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ޝަހީމް ހިއްސާ ކޮސްފައިވަނީ ގައި ހިމަނާފައި ތިން ނަމެކެވެ. އެނަން ތަކަކީ
- ހުދާ،
- ނޫރު
- މުދައްރިސް
މި ނަންތަކެވެ.
އެއަށްފަހު ދެވަނ ފޭސްބުކު ޕޯސްޓުގައިވެސް ޝަހީމްވަނީ އިތުރު ނަންތަކެއް ހުށަހަޅުއްވާ އެނަންތަކާމެދު ދެކޭގޮތް ހިއްސާކުރުމަށް އެދިލައްވާފައެވެ. އެއީ ނަންތަކަކީ:
- ނޫރު ޓީވީ
- ރައްޔާން
- ބަޔާން
- މުދައްރިސް
- ހިދާޔަތު
- ޑިސްކަވާ އިސްލާމް
- ދަ މެސެޖް
އިސްލާމީ ޓީވީ ޗެނަލެއް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިސްލާމިކް މިނިސްޓްރީ ގައި ސްޓޫޑިއޯ އެއް ޤާއިމުކޮށް ދީނީ ޕްރަގްރާމްތައް އުފެއްދުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރައްވަމުންނެވެ. މި މަސައްކަތާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރުވަނީ ބައެއް ފަރާތްތަކާއި މަޝްރަވާކޮށް ޚިޔާލުވެސް ހޯއްދަވާފައެވެ.
ޝަހީމުގެ ފޭސްބުކު ޕޯސްޓާއި ގުޅިގެން ގިނަ ބަޔަކުވަނީ ޚިޔާލުތައް ހިއްސާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ