މޫކޭވެސް މަޖިލީހަށް ވާދަކުރައްވަނީ

މޫކޭވެސް މަޖިލީހަށް ވާދަކުރައްވަނީ

Author
އައިޝަތު އަޙްމަދު
23 ޑިސެމްބަރ 2023 03:08
0

ރޯޑު ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ)ވެސް ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނެކަން މޫކޭ އިއުލާންކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާއަށެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދާއިރާއެވެ.

މޫކޭ ވިދާޅުވީ އެދާއިރާގެ ޓިކެޓު ހޯދަން އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.

ދަފްތަރަށް ގާނޫނީ ފަރުވާއިން ދާއިމީ ހައްލެއް ގެނެސްދިނުމަށް އަޅުގަނޑު މިހުރީ ތައްޔާރަށްކަަން ތިޔަ އެންމެ ބޭފުޅުންނަށް ކަށަވަރުކޮށްދެމެވެ. އަޅުގަނޑުގެ އެދުމަކީ މި ދާއިރާއަށް ނިސްބަތްވާ ހުރިހާ ރައްޔިތުންގެ ތާޢީދާއި މަދަދު މިކަމުގައި އަޅުގަނޑަށް ދެއްވުން.

– މޫކޭ ލިޔުއްވާފައިވެއެވެ.

މޫކޭ މިހެން ވިދާޅުވެފައިވާއިރު، މާލޭ ދަފްތަރުގެ ގިނަ މީހުންނަކީ އެ ދާއިރާގެ މީހުންނެވެ.

މޫކޭ ވަނީ މީގެ ކުރިންވެސް އެމްޑީޕީ ޕްރައިމަރީގައި މަޖިލިސް ޓިކެޓް ހޯއްދެވުމަށް ވާދަކުރައްވާފައެވެ. 2019 ވަނަ އަހަރު އޭނާ ވާދަކުރެއްވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ މަޑުއްވަރީ ދާއިރާއަށެވެ. ނަމަވެސް ޓިކެޓު ލިބިވަޑައިނުގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.