ކުރީ ސަރުކާރުގެ ބިންހިއްކި މަޝްރޫއާއި، ރަސްމާލެ އަޅާކިޔާލުމުން ފައިދާ ބޮޑު މަޝްރޫޢު އެނގޭނެ: އަދުރޭ

ކުރީ ސަރުކާރުގެ ބިންހިއްކި މަޝްރޫއާއި، ރަސްމާލެ އަޅާކިޔާލުމުން ފައިދާ ބޮޑު މަޝްރޫޢު އެނގޭނެ: އަދުރޭ

ގުޅުންހުރި

މީގެ ކުރިން ހިންގި ބިން ހިއްކުމުގެ މަޝްރޫޢުތަކާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިންގަވާ ރަސްމާލެ މަޝްރޫ އަޅާކިޔާއިރު ފައިދާ ބޮޑީ ކޮން މަޝްރޫޢުއެއްކަން އެނގޭނެކަމަށް ރައީގެ ޚާއްޞަ މުޝީރު އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއި ބައެއް އިދިކޮޅު ފަރާތްތަކުން ރައީސްގެ ތަސައްވުރުގައި ހިމެނޭ ރަސްމާލެ މަޝްރޫޢުއަށް ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި އަދުރޭ ވަނީ ކުރީގައި ހިންގާފައިވާ މަޝްރޫޢުއާއި މިހާރުގެ މަޝްރޫޢު އަޅާ ކިޔުއްވާފައެވެ.

މި ތަފާސް ހިސާބުތައް ހިއްސާކުރެއްވުމަށްފަހު އަދުރޭ ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން ހިންގި ބިންހިއްކުމުގެ މަޝްރޫޢާ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ހިންގާ "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫޢުގެ ތަފާތު އަޅާ ކިޔާލީމަ ރައްޔިތުންނަށް ފައިދާހުރީ ކޮން މަޝްރޫޢަކުންކަން ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެކަމަށެވެ.

މި ސަރުކާރުންވަނީ ފުށިދިއްގަތު ފަޅު މި ހަފްތާގައި ހިއްކަން ފަށާފައެވެ. އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން މި ސަރުކާރުން ރަސްމާލެ މަޝްރޫޢު ހިއްކަން ފަށާފައިވަނީ ބިން ހިއްކާ ކުންފުންޏަށް 70 ހެކްޓަރުގެ ބިން ހުޅުމާލެއާއި ފުށިދިއްގަރު ފަޅުން 99 އަހަރަށް ދޭގޮތަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވަން ޖެހުނީ ވަރަށް ދަތި އުނދަގުލުން އެހެން މަގަކުންނެވެ. އަދި އެ މަޝްރޫއު ފެއްޓެވީ ދިވެހި ރައްޔިތުންނާ އެއްކޮޅަށް ހުންނަވައި ކަމުގައި ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ