ގާނޫނާއި ގަވައިދުތަކުގެ ދަށުން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ބަންދެއް ނުކުރާނަން: ސަރުކާރު

ގާނޫނާއި ގަވައިދުތަކުގެ ދަށުން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ބަންދެއް ނުކުރާނަން: ސަރުކާރު

ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް/މަޖައްލާއެއް ސަރުކާރުން ބަންދެއްވެސް އަދި ބްލޮކެއްވެސް ނުކުރާނެ ކަމުގައި ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން މިހެން ބުނެފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑު ކިޔަމުންއައި ދެ ވެބްސައިޓެއް ރޭގެ ވަގުތެއްގައި ސަރުކާރުން ބްލޮކް ކޮށްލުމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒު ވުމާއި ގުޅިގެންނެވެ.

ރޭގެ ވަގުތެއްގައި ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްގެ ނަމުގައި ހިންގަމުން އައި ދެ ވެބްސއިޓެކެވެ. މި ދެ ވެބްސައިޓަކީވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމުގެ ނަޒަރަކުން ލިޔަމުން އައި ދެ ވެބްސައިޓެކެވެ.

މި ދެ ވެބްސައިޓު ބްލޮ ކުރިމައްސަލާގައި ގިނަބައެއް ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެހެންނަމަވެސް ފާޑުކިޔުންތަކަށް ރައްދު ދެއްވާ ސަރުކާރުގެ ތަރުޖަމާން މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.

ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ރަޖިސްޓާ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ވެސް ރެޖިސްޓްރީނުކޮށް ނޫސްތައް ހިންގަ އެވެ. އަދި އިސްރާއީލު ފަދަ ގައުމަތަކުން ހިންގާ އޮންލައިން ނޫސްތައްވެސް ރާއްޖޭގައި ބްލޮކު ކޮށްފައެއް ނުވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.

ޝަހީބު ވިދާޅުވި އެވެ.

މި ދެ ވެބްސައިޓް ބްލޮކް ކުރި މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވެފައިވަނީ އެއީ ނުރައްކަލެއްގެ އިންޒާރުގެ ރަނގަބީލެއް ގޮތުގަ އެވެ. އަދި އޭނާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން ފުޅާ ދާއިރާއެއްގައި ހިންގުމާ އޮތް ހުރަހަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުން ކަމަށެވެ.

ދިޔަވަރު އޮންލައިންއާއި ކުރުސީ.ކޮމް ބްލޮކް ކުރުމަކީ ރާއްޖޭގައި ކުރިޔަށް އޮތް ތަނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިނިވަންކަމާއެކު ދެމި ނޯންނޭކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *