އަމާން ދޯދި ދެކޮޓަރީގެ ޔުނިޓް ބަލާލުމަށް އާންމުންނަށް ހުޅުވާލައިފި

އަމާން ދޯދި ދެކޮޓަރީގެ ޔުނިޓް ބަލާލުމަށް އާންމުންނަށް ހުޅުވާލައިފި

Author
ހުސެއިން
20 ޑިސެމްބަރ 2023 09:55
0

އަމާން ދޯދި އެކްސްޕީރިއަންސްގެ ދެ ކޮޓަރީގެ ޔުނިޓްތައް ބަލާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އާންމުންނަށް ހުޅުވާލައިފިއެވެ.

އެފްޑީސީން ބުނެފައިވަނީ މި ޔުނިޓްތައް ބަލާލުމަށް ޒިޔާރަތް ކުރެވޭނީ ބުކިން އުސޫލުން ކަމަށެވެ.

މި ޔުނިޓްތައް ބަލާލުމަށް ޒިޔާރަތް ކުރުމަށް ހަމަޖައްސާފައިވާ ގަޑިތަކަކީ ކޮންމެ ދުވަހަކު ވެސް 14:00-18:00 އަށް ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

ޔުނިޓްތައް ބަލާލުމަށް ޒިޔާރަތް ކުރަން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ޕޯޓަލް އެފްޑީސީގެ ސައިޓުން ފެންނާނެ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

އެފްޑީސީން ބުނެފައިވަނީ މި އެކްސްޕީރިއަންސް ޔުނިޓްތައް އާންމުންނަށް ހުޅުވާލުމުގެ މަޤްސަދަކީ، ފްލެޓްތައް ހަވާލުކުރުމުގެ ކުރިން، ޒަމާނީ ގެތައް ފަރުމާކުރެވޭނެ ތަފާތު ގޮތްތައް އާންމުންނަށް ދައްކުވައިދިނުން ކަމަށެވެ.

އަމާން ދޯދި އެކްޕީރިއަންސް 2 ކޮޓަރީގެ ޔުނިޓްތައް ރަސްމީކޮށް އިފްތިތާހު ކުރީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، އެފްޑީސީއިން އިމާރާތްކުރަމުންދާ 4000 ހާއުސިންގ ޔުނިޓްތައް ހަލުވި ސްޕީޑެއްގައި ނިންމައި، ފްލެޓް ލިބުނު ރައްޔިތުންނަށް އެ ފްލެޓްތައް ހަވާލުކުރުމަށް އެފްޑީސީއިން ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުންދާ ކަމަށެވެ.

އަމާން ދޯދީގެ ހައުސިން ޔުނިޓްތައް ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ 16 ޓަވަރަށް ބަހާލައިގެންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ ދެ ކޮޓަރީގެ 600 ޔުނިޓާއި ތިން ކޮޓަރީގެ 1400 ހައުސިން ޔުނިޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.