ޗާގޮސްގެ މައްސަލައާ ގުޅޭ ކަމާބެހޭ އެންމެހައި ލިޔެކިޔުތައް ހޯދައި، އެލިޔެކިޔުންތައް ދިރާސާ ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ ކަމަށާއި، އެމައްސަލާގައި ނިމިދިޔަ ސަރުކާރުގެ ފަރާތުން ދައުލަތުން ގެންގުޅުއްވާފައިވާ ޤާނޫނީ ޕޮޒިޝަންއާއި ޢަމަލުކުރައްވާފައިވާ ގޮތާ ގުޅޭގޮތުން ދިވެހިރާއްޖެގެ އާއި ބައިނަލްއަޤްވާމީ އިސް މާހިރުންގެ ލަފާ ހޯދުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
މިގޮތުން މިމަސައްކަތް މިޙާރު ކުރިޔަށްދާ ގޮތް ހާމަކުރުމަށް ސަރުކާރުން މިއަދު ނެރުއްވި ނޫސްބަޔާނުގައި ބުނެފައިވަނީ ޗާގޮސްގެ މައްސަލާގައި ކުރަމުންދާ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން އަވަހަށް ކުރިއަށް ގެންދިޔުމަށްޓަކައި، މިމަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ބަންޑާރަނާއިބު ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައިވާކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ސަރުކާރުން މިއަދު އެކުލަވާލި ކޮމިޓީގައި ހިމެނެ މެމްބަރުންނަކީ:
ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލް
މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުން އައްޔަނުކުރައްވާފައިވާ ކާނަލް އަޙުމަދު މުޖުތަބާ
މިނިސްޓްރީ އޮފް ފޮރިން އެފެއާރޒްގެ ފަރާތުން އައްޔަނު ކުރައްވާފައިވާ ސެކްރެޓަރީ، މަލްޓިލެޓެރަލް އަލްފާޟިލް އަޙްމަދު ޝިއާން
ސަރުކާރުގެ ނޫސް ބަޔާނުގައި ބުނެފައިވަނީ، މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލްގެ ބެއްލެވުމުގެ ދަށުން ކަމުގައެވެ. އަދި މިކޮމިޓީގައި އަލްއުސްތާޛް މުޙަންމަދު އަނިލް މަސައްކަތް ކޮށްދެއްވަނީ އެއްވެސް އަގެއް ނުނަންގަވާ ގޮތަށް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ