ހައްޖު ކޯޓާގެ %5 ޚާއްސަ ކުރަނީ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްކަށް

ހައްޖު ކޯޓާގެ %5 ޚާއްސަ ކުރަނީ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްކަށް

Author
ހުސެއިން
18 ޑިސެމްބަރ 2023 10:16
0

1445 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، އެކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާ، ޙައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޚާއްސަކުރުމަށް ނިންމާފައިވާ ކަމުގައި ހައްޖު ކޯޕަރޭޝަންއިން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަންއިން މިއަދުކުރި އިއުލާންގައި ބުނެފައިވަނީ 1445 ވަނަ އަހަރު ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖު ކޯޓާއަށް، މީހުން ޙައްޖަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަންއަށް ޙަވާލުކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސުމާއި ގުޅިގެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޚާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާ ކަމުގައެވެ.

ހައްޖު ކޯޕަރޭޝަންއިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، 1445 ވަނަ އަހަރުގެ ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، އެކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާ، ޙައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ޚާއްސަކުރުމަށް ނިންމާފައިވާ ކަމުގައެވެ.

މިގޮތުން 09 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް އެކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން މަތީގައި ދެންނެވުނު ގޮތުގެ މަތީން ޚާއްޞަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް ހައްޖު ކޯޕަރޝަންއިން ވަނީ ހުޅުވާލާފައެވެ. އަދި ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 31 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ކަމަށްވެސް އެ ކޯޕަރޭޝަންއިން ވަނީ ނިންމާފައެވެ.

ރާއްޖެއިން ހައްޖަށް ފޮނުވުމަށް ސައުދީ ސަރުކާރުން ދޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސަރުކާރުން ބުނެފައިވަނީ، މިގޮތަށް ނިންމީ، ހައްޖަށް ދިއުމަށް ގިނަ ބަޔަކު ރަޖިސްޓްރީވެފައި ތިބި ތިބުމަށް ރިއާޔަތްކޮށް، ހައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑު ކުރުމަށް ކަމުގައެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި ލިބެނީ 1،000 ކޯޓާއެވެ. އޭނާ ވިދާޅުވީ ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ނިންމުމާއެކު އާންމު ރައްޔިތުންނަށް ވަަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.