ގުޅީފަޅުން އިތުރު 85 ހެކްޓަރު، ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރު ހިއްކާނެ: ރައީސް

ގުޅީފަޅުން އިތުރު 85 ހެކްޓަރު، ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރު ހިއްކާނެ: ރައީސް

ގުޅުންހުރި

ގުޅީފަޅާއި އަދި ގިރާވަރު ފަޅުގެ ބިންހިއްކުމުގެ މުޅި މަޝްރޫޢު ނިމޭއިރު، ގުޅިފަޅުން އިތުރު 85 ހެކްޓަރު އަދި ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކިގެން ދާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އިއުލާން ކުރައްވާފައިވާ ފުށިދިއްގަރު ފަޅުގެ ބިންހިއްކުމުގެ މަޝްރޫޢު އިފްތިތާހު ކުރުމަށް މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ގުޅީފަޅުގައި އިތުރަށް 85 ހެކްޓަރު ހިއްކާނެ ކަމަށާއި، ގިރާވަރު ފަޅުގައި އިތުރަށް 50 ހެކްޓަރު ހިއްކާނެ ކަމުގައެވެ. އަދި ހުޅުމާލެއާއި، ރަސްމާލެއާއި، ގުޅިފަޅާއި، ގިރާވަރު ފަޅު، ގުޅުވާލައި ނިމުމުން މިތަންތަން ވެގެންދާނީ، މާލޭ ސަރަޙައްދުގެ ގެދޮރުގެ މައްސަލައަށް ބޮޑު ޙައްލެއް ގެނެސްދޭ ތަންތަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫއަކީ އަޅުގަނޑުމެންގެ ޕްލޭންގައި އިން މިންވަރެއް ނޫން އެއީ. އަޅުގަނޑުމެން އިދާރަކުރެއްވިއްޔާ ގުޅީފަޅު ވެސް މިހާރު އެ ހިއްކަމުންދާ މިންވަރަށްވުރެ މާބޮޑުތަނުން ހިއްކުމަށް ވަނީ ނިންމާފައި. 24 މިލިއަން ކިއުބިކް މިޓަރު ވެލި އަޅަނީ. އިތުރު އެކާވީސް މިލިއަން ކިއުބިކް މީޓަރުގެ ވޮލިއުމް ރިކްލިމޭޝަން ގޮތުގައި ކުރިއަށްދާނެ. އޭގެ ސަބަބުން 85 ހެކްޓަރުގެ ބިން ގުޅީ ފަޅަށް އިތުރުވެގެންދާނެ.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ބިންތައް ހިއްކި އެ ތަންތަން ބްރިޖުން ގުޅާލާ މުޅި ސަރަހައްދަކީ އެކުއެކީގައި ލާމެހިފައިވާ ސަރަހައްދަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސް ވިދާޅުވީ ރަސްމާލެއަކީ މުޖުތަމަޢުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭ ތަނެއްގެ ގޮތުގައި ތަރައްޤީކުރާނެ ތަނެއްކަމުގައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަސްމާލޭގައި ކޮންމެ ތަނަކަށް ފަސޭހަކަމާއެކީ ދެވޭގޮތަށް ޑިޒައިން ކުރެވިފައި ހުންނާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްޤީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް ކަމަށެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ. މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ