ޚާއްޞަކޮށް ފަތިސް ނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ޚާއްޞަކޮށް ފަތިސް ނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ޤާއިމުކުރުމަށް ނަސޭހަތްތެރިވެވަޑައިގެން ޚާއްޞަގޮތެއްގައި ފަތިސް ނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަޞްރުދީ އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރިވުން ކަމަށެވެ. ނަމާދުގެ ޖަމާޢަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯވެއްޖެނަމަ ޤައުމަށް ބާއްޖަވެރިކަމާއި އުފާވެރިކަންލިބި ޤައުމު އިތުރަށް ވަރުގަދަ ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުޢާއެއް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އިސްލާމީ ނޫރާއި ދީނީ އަޤީދާ ވަރުގަދަ ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *