ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއަކަށް ޝާހް މާހިރު

ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއަކަށް ޝާހް މާހިރު

Author
ހުސެއިން
16 ޑިސެމްބަރ 2023 05:57
0

ދަރުމަވަންތަ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯއަކަށް ޑރ. ޝާހް އަބްދުﷲ މާހިރު އައްޔަން ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޝާހް މާހިރު އެ މަގާމަށް އައްޔަންކުރެއްވީ އިއްޔެ އެވެ.

ޝާހް މާހިރުވަނީ ރައީސް ސާލިހުގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވާފައެވެ. އެހެންނަމަވެސް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ރިޔާސީ އިންތިޚާބު ވަރަށް ކައިރިވެފައި ވަނިކޮށެވެ. އެއަށްފަހު ފަހު އޭނާ ގުޅިފައިވަނީ ނަޝީދު އިސްވެ އުފެއްދެވި ޑިމިކްރެޓްސް ޕާޓީއާއެވެ.

ޝާހް އަކީ ލަންޑަންގެ އިންޕީރިއަލް ކޮލެޖް އޮފް ސައިންސް، ޓެކްނޮލޮޖީ އެންޑް މެޑިސިން އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްބީބީއެސް 2002 ވަނަ އަހަރު ހެއްދެވީ ވެސް އެ ޔުނިވާސިޓީންނެވެ.

އޭނާއަކީ އިންގްލެންޑްގެ ޖެނަރަލް މެޑިކަލް ކައުންސިލްގެ ލައިސެންސް ވެސް އޮންނަ ބޭފުޅެކެވެ. އަދި ބްރިޓިޝް މެޑިކަލް އެސޯސިއޭޝަން އާއި މެޑިކަލް ޑިފެންސް ޔޫނިއަންގެ މެންބަރެކެވެ. އޭނާގެ ބައެއް ލިޔުންތައް ވެސް މެޑިކަލް ޖާނަލްތަކުގައި ޝާއިއުކުރައްވާފައިވެ އެވެ.

ލަންޑަންގެ އެކި ހޮސްޕިޓަލްތަކުގައި ވެސް ޝާހް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.