އާ ސަރުކާރުން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މުހިންމު މަޝްރޫއެއް ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކުމަށް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ބަޖެޓް ކޮމިޓީން ބަޖެޓުން އުނިކުރުމުން، ބޯހިޔާވަހިކަމަށް ޚައްޞަ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ފުށިދިއްގަރުފަޅު ޕްރޮޖެކްޓް އުނިކުރަން އެމްޑީޕީ މެޖޯރިޓީ މަޖިލިސް ކޮމިޓީއިން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކުގައި ކޮޅުފައިން ޖެހުންކަމަށެވެ.
2024 ވަނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަޖެޓް ކޮމިޓީން ފާސްކުރިއިރު ބަޖެޓަށް ގެނައި ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަ ވެފައިވަނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ މުހިންމު ބޮޑު މަޝްރޫއެއް ކަމަށްވާ، ފުށިދިއްގަރުފަޅު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރުމެވެ. މި ފައިސާ ބަޖެޓުން އުނިކޮށްފައިވަނީ މިފައިސާ ހޯދާނެ ގޮތެއް ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ބުނެއެވެ.
އަދި މި 400 މިލިއަން ރުފިޔާ ވަނީ އެހެން ޕްރޮޖެޓްތަކަށް ބަހާލަފައެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް ކަނޑައެޅި 400 މިލިއަން ރުފިޔާ ބަޖެޓުން އުނި ކުރިނަމަވެސް، ގުޅީފަޅާއި ހުޅުމާލެ އާއި ގިރާވަރުފަޅު ހިއްކުމަށް އިތުރު 400 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ.
ފުށި ދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ބަޖެޓުގައި ހިމަނާފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އެ މަޝްރޫއަށް އެކަށައެޅި ފައިސާ އުނިކޮށްފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކެނޑައެޅި ބަޖެޓް ކުޑަކުރުމަށް ދާންދޫ ދާއިރާގެ މެމްބަރުން ޔައުގޫބު ހުށަހެޅު ހުށަހެޅުން ވޯޓުން ފާސްވެގެންނެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ކޮށްގެން ހިއްކަން ނިންމާފައިވާ ފުށިދިއްގަރު ފަޅު ކުރިޔަށް 30 ދުވަހުގެ ތެރޭގައި ހިއްކަން ފަށާނެކަމަށް ފާއިތުވި ނޮވެމްބަރުމަހުގެ 30ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. މި މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
2 Responses
އެއީ ރައީސް ބަޖެޓުން ހަރަދުނުކޮށް ކުރައްވަން ވައުދުވި ޕްރޮޖެކްޓެކެވެ. އެހެން ނޫނަސް މާލޭ މީހުންނަށް ބޯ ހިތާވަހިކަން ދޭން ވާދޫ ކަނޑުގެ އަނެއްފަޅީގައި ފަޅެއް ހިއްކުމަކީ ބޮޑު އިސްރާފެކެވެ. ބްރިޖެއް އެޅެންނެތް ހިސާބެއްގައި ތަނެއް ހިއްކުމަށްވުރެން މިއަތޮޅު ކާށިދޫން ގޯތި ދިނަސްވާނީ އެއްގޮތެވެ.
ހިއްކާފައިހުރިބިންވަރަށްގިނައެބިންތައްމިއަހަރުއިމާރާތްކޮށްއަންނައަހަރުހިއްކުންމާރަނގަޅުވާނެ