އައްޑޫ ފެނުގެ މައްސަލަ ހައްލުކުރުމަށް ބޭރުން ސްޕެއަރ ގެންނަނީ

އައްޑޫ ފެނުގެ މައްސަލަ ހައްލުކުރުމަށް ބޭރުން ސްޕެއަރ ގެންނަނީ

ގުޅުންހުރި

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެން ކެނިޑފައިވާ މައްސަލަ ހައްލުކުރުމަށް ރާއްޖެއިން ބޭރުން ސްޕެއަރ ގެނައުމަށް ނިންމައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ވަނީ ސަޕްލައި ފެން ކެނޑިފައެވެ. އެހެން ދިމާވީ އާރުއޯ ޕްލާންޓަށް ކަރަންޓު ފޯރުކޮށްދޭ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

ފެނަކައިން ބުނީ އައްޑޫގެ ފެން ކެނޑުމާއި ގުޅިގެން އެމައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މާލެއިން ވީ.އެފް.ޑީ ޑްރައިވްއެއް އައްޑުއަށް ފޮނުވާފައިވާކަމަށެވެ. އެ އިންސްޓޯލްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ފެނަކައިން ބުންޏެވެ.

ނަމަވެސް ފޮނުވި ވީ.އެފް.ޑީ ޑްރައިވްގެ މޮޑެލްއާއި އައްޑޫގައި ބޭނުންކުރަމުންދާ މޮޑެލްއާއި ދިމާނުވުމުން އިންސްޓޯލްކުރުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް ފެނަކައިން ބުންޏެވެ. އެހެންކަމުން އައްޑޫއަށް ބޭނުންވާ މޮޑެލްގެ ވީ.އެފް.ޑީ ޑްރައިވްއެއް ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން ބުންޏެވެ. ނަމަވެސް އެ ގެނައުމަށް ދެތިން ދުވަސް ނަގާނެކަމަށް ފެނަކައިން ބުނެއެވެ.

އައްޑޫގައި ފެނުގެ ޚިދުމަތް މެދުކެނޑިފައިވުމުން ރައްޔިތުންނަށް ވަނީ އެކަމުގެ ދަތިތަކާއި ކުރިމަތިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ