ހއ މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ އަނދައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 03:35 އެހާކަންހާއިރުކަމަށެވެ. އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއިއެކު އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެރަށަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައި ވެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ރޯވި އަލިފާންގަނޑު ކޮންޓްރޯލްވެފައިވަނީ 05:45 އެހާކަންހާއިރުކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ