ޗާގޮސްގެ މައްސަލާގަ ގެއްލިފައިވާ ސަރަހައްދު ހޯދުމަށް ވީހާވެސް ހަލުވިކޮށް މަސައްކަތް ފެއްޓެވުން އެދެން: ގާސިމް

ޗާގޮސްގެ މައްސަލާގަ ގެއްލިފައިވާ ސަރަހައްދު ހޯދުމަށް ވީހާވެސް ހަލުވިކޮށް މަސައްކަތް ފެއްޓެވުން އެދެން: ގާސިމް

އިނގިރޭސި ދައުލަތުން ޗާގޮސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުއިއްޒުއަށް ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ގޮވާލައްވައިފިއެވެ.

ޗާގޮސް އަނބުރާ މޮރިޝަސްއާއި ހަވާލު ނުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވަކަމަށް އެގައުމުގެ ބައެއް މީޑިއާތަކުގައި ޝާއިއު ކޮށްފައިވާ ރިޕޯޓުތަކަށް ހަވާލާދީ ގާސިމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ޗާގޮސްއާއި ގުޅޭގޮތުން ކުރީ ސަރުކާރުން ނިންމާފައިވާ ނިންމުން، ވެރިކަމަަށް ވަޑައިގަންނަވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައެވެ.

މިމައްސަލަ އަކީ އަޅުގަނޑުވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި ހައްލުހޯދުމުގެ ޢަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ޤައުމީ މައްސަލައެއްކަމުގައިވާތީއާއި، އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުންއައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައިވާތީ، އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.

ގާސިމް އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ގާސިމް އިތުރަށް ވިދާޅުވެފައިވަނީ މި މަސައްކަތުގައި ސަރުކާރަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އޭނާއާއި ޖުމުހޫރީ ޕާޓީން ތައްޔާރަށް އޮތް ކަމުގައެވެ.

މިހަރުގެ ރައީސް ހިމެނޭގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، ކުރީ ސަރުކާރުން ޗާގޮސްއާއި ގުޅޭގޮތުން ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބޮޑުބައެއް ގެއްލިގެން ގޮސްފައިވާ ކަމުގައެވެ. އަދި މި އެ މައްސަލާގައި އިޓްލޮސްއިން ނިންމާފައިވަ ނިންމުން މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައު އިސްތިއުނާފް ކުރުމަށްވެސް 100 ދުވަހުގެ މަގު ޗާޓުގައި ވަނީ ހިމަނާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *