އާންމު މަސައްކަތްތަކާ ގުޅޭ ދާއިރާއިން ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ: މިނިސްޓަރ

އާންމު މަސައްކަތްތަކާ ގުޅޭ ދާއިރާއިން ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަ: މިނިސްޓަރ

Author
އައިޝަތު އަޙްމަދު
01 ޑިސެމްބަރ 2023 11:46
0

އާންމު މަސައްކަތްތަކާ ގުޅޭ ދާއިރާއިން ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ލ.ފޮނަދޫގެ ޢާންމު މަސައްކަތްކުރާ ސައިޓަށް ޒިޔާރަތްކުރައްވާ އެތަނުގެ މުވައްޒަފުންނާ މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. އެއަށްފަހު މިނިސްޓަރ ވިދާޅުވެފައިވަނީ އެތަނުގެ ހާލަތު ދެނެގަނެވިއްޖެކަމަށެވެ. އަދި އެދާއިރާއިން ކުރަންހުރި މަސައްކަތްތައް ވަރަށް ގިނަކަމަށާއި، ވަސީލަތާއި މަސައްކަތްކުރެވޭނެ ހާލަތަކަށް ގެންނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކުރުމަށް މަސައްކަތް ކުރާނަން.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރު

ސަރުކާރުން ވަނީ ޢާންމު މަސައްކަތްތަކާއި، ކައުންސިލްތަކުގެ މަސައްކަތްތަކަށް ޚާއްޞަ މިނިސްޓްރީއެއް އުފައްދަވާފައެވެ. އެވުޒާރާގެ މިނިސްޓަރުގެ ހައިސިއްޔަތުން މިނިސްޓަރ ގެންދަވަނީ ކައުންސިލްތަކާއި ބައްދަލުކޮށް، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ދެނެގަންނަމުންނެވެ. އަދި އެމީހުންގެ ވާހަކަތައް އަޑުއަހައިގެން ހުރި މައްސަލަތަކަށް ސަރުކާރުން ހައްލު ގެންނަވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.