ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަމަށް 4 ބޭފުޅަކު ވާދަ ކުރައްވަނީ

ޖޭޕީގެ ޑެޕިއުޓީ ލީޑަރުކަމަށް 4 ބޭފުޅަކު ވާދަ ކުރައްވަނީ

Author
ހުސެއިން
30 ނޮވެމްބަރ 2023 09:31
0

ހުސްވެފައިވާ ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް 4 ބޭފުޅަކު ކުރިމަތި ލައްވައިފިއެވެ.

ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި އިގުބާލް އާދަމް އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އޭނާ އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ޖުމުހޫރީ ޕާޓީގެ ހުސްވެފައިވާ ޑެޕިއުޓީ ލީޑަރުކަމަށް ކުރިމަތި ލައްވާފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު ކަން ކުރެއްވި އަހުމަދު ނިހާނާއި، އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަދި ކުރީގެ ސަރުކާރުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވެވި އަލީ ސޯލިހާއި، ކުރީގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި އައްސަދު ރިޒާގެ އިތުރުން ޖޭޕީ ކައުންސިލްގެ ކުރީގެ މެމްބަރު މުހައްމަދު ސައީދު (ބޮކި) އެވެ.

ޖޭޕީގެ އިސް ގިނަ މަގާމްތަކެއް މިހާރުވަނީ ހުސްވެފައެވެ. އޭގެ ތެރޭގައި އަންހެނުންގެ ލީގުގެ ރައީސަކާއި ޒުވާނުންގެ ލީގުގެ ރައީސްކަމާއި، ގައުމީ ކޮންފަރެންސުން އިންތިހާާބުކުރާ 25 މެމްބަރުންގެތެރެއިން 8 މަގާމްވެސް ހިމެނެއެވެ. އޭގެ އިތުރުންވެސް ޖޭޕީގެ ބައެއް ކޮމިޓީތަކަށްވެސް މެމްބަރުންވަނީ އިންތިޚާބުކުރަން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒާހިރު
އިގުބާލުއާދަމްއަކީއެބޭފުޅާދުއްވާއޮޑިފަރައްއެރީމައޮޑިއާއޮޑިދޫކޮއްލާފަދާބޭކަލެއްމިހާރުތިއަހުރީ ބޮޑުބޭގެދޯނިދުއްވަށްހަމަފަރައްއަރާއިރައްއަނެއްދޯންޏައްފުއްމާލާނިއަޅުގަންޑުހިތައްއަރާއިގުބާލަކީ ވަރައްގޮތެއްފޮތެއްނެއްމީހެއްލަދުހަޔާތުގެކައްފުޅެއްވެސްނެއް)ކުރިގެރައިސްޔާމީނުގެވެރިކަމުގަތިމާ ވަރުގެމީނެއްކަމައްހަދާގެއޮޅެނިކޮއްރައިސްޔާމީނުގެވެރިކައް)ޗޯރުއިބޫވަގައްނެގުމާއެކީ.އިގުބާލުދެއް ދުވާގަތީގާސިމުގެއެއްމެއަރިސްބޭފުޅަކަޢް)ގާސިމުހައްދާގެއްނާޖާއިދުފާދާނާގެއްވެސްގާސިމުއައް ވެރިކައްނުލިބުނީމަ))ގާދަސުގައުޅޭލޮދިހިކައްއެއްދެމިގައްނަފަދާންމިހާރުތިއަހުރީދެމިގަނެފަތިއަކަހަލަތާކުއްތާކުނުޖޭމީހުއްއަބަދުވެސްއުޅޭނީމީހުއްގެތެޢްފުސާއަ،ޅައް)ތީގެ.އަނެއްހިކާއަކީއަލީއާރިފު. ތިއައީހަމަ).ދެ)ދެބޯދޫނި)ލަދުހަޔާތުގެކައްފުޅެއްވެސްނެޢ