ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިއްޖެ

ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިއްޖެ

Author
ހުސެއިން
26 ނޮވެމްބަރ 2023 11:09
0

ކުރީގެ ރައީސް ޔާމިން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ "ޕީޕަލްސް ނޭޝަނަލް ފްރޮންޓް" އުފެއްދުމުގެ ހުއްދައަށް އެދިއްޖެއެވެ.

ޔާމީން އުފައްދާ ޕާޓީގެ ލޯގޯއާއި ކުލަވެސް މިހާރުވަނީ އާންމު ކޮށްފައެވެ. ޕާޓީގެ ކުލައެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަނބު ކުލައެވެ. އެއީ ޔާމިން އެންމެ ފުރަތަމަ އުފެއްދެވި ޕީޕަލްސް އެލަޔަސްގައިވެސް ބޭނުން ކުރި ކުލައެވެ.

ރައީސް ޔާމިން އުފައްދަވާ އާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ ރޭގެ ވަގުތެއްގައި ވަނީ ސޯޝަލް މީޑިއާގައިހިއްސާކޮށްފަ އެވެ. ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ، ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ  ނައިބު  ރައީސް  ޑރ.  ޖަމީލުއާއި  ކުރީގެ މިނިސްޓަރު މަލީހު ޖަމާލްއާއި އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުއެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން 4 ބޭފުޅަކު ޕާޓީ އުފެއްދުމުގެ ހުއްދަޔަށް އެދޭ ގޮތަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.