ޔާމިންގެ އާ ޕާޓީ އުފެއްދުމުގެ އަމަލީ މަސައްކަތް މިއަދު ކުރިޔަށް ގެންދަވަނީ

ޔާމިންގެ އާ ޕާޓީ އުފެއްދުމުގެ އަމަލީ މަސައްކަތް މިއަދު ކުރިޔަށް ގެންދަވަނީ

Author
ހުސެއިން
24 ނޮވެމްބަރ 2023 08:10
0

ރައީސް ޔާމިން އުފެދުމަށް މިހާރު ނިންމަވާފައިވަ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ އަމަލީ މަސައްކަތް މިއަދު ކުރިޔަށް ގެންދަވާނެކަމަށް އެޕާޓީ އުފެއްދުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.

"ޚަބަރު އޮންލައިން"އަށް މައުލޫމާތު ދެއްވަމުން އޭގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ރައީސް ޔާމިންގެ އާ ޕާޓީއަށް ކިޔާނެ ނަންވެސް މިހާރުވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އެ ނަން އިއުލާން ކުރާނީ ޕާޓީ އުފެއްދުމަށް ފުރިހަމަ ކުރާންޖެހޭ އިދާރީ އަދި ލިޔެކިޔުމުގެ މަސައްކަތްތައް މުޅިން ނިންމާލުމަށްފަހު ކަމަށް ވިދާޅުވެފައި ވެއެވެ.

ޔާމިންގެ އާ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އާ ޕާޓީއަށް ކިޔާނެ ނަންވެސް މިހާރު ނިންމާފައިވާ ކަމަށާއި، އެކަން ކޮށްފައިވަނީ ރޭ ނުނިދާ ހޭލާ ތިބެގެން ކަމުގައެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޕީޕީއެމް ދޫކޮށްލައްވާ، އާ ޕާޓީއެއް ހައްދަވަން ނިންމަވާފައިވަނީ ރޭގެ ވަގުތެއްގައެވެ. ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީ ހިންގަން އެމަނިކުފާނު ސްޓިއަރިން ކޮމިޓީއެއް ހަމަޖެއްސެވުމާއި ގުޅިގެން ޕާޓީގެ އެތެރެ ހޫނުވެ އެ މަސައްކަތުގައި އުޅުއްވި ބައެއް ފަރާތްތައް ޕާޓީ ކަނޑާލުމަށް ޕީޕީއެމްއިން ނިންމާފައި ވަނިކޮށެވެ.

ރައީސް ޔާމިންގެ ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދު ޗެނަލް 13 ގައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ނިންމުމަކީ ރައީސް ޔާމިނަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

އެކަމަކު އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވޭ ވެރިކަމަށް ހޮވި ވަޑައިގަތް ފަހުން ޑރ. [މުހަންމަދު] މުއިއްޒު ރައީސް ޔާމީންގެ ފޯނެއް ނުނަންގަވާ. އަދި ލީޑާޝިޕުން ވަނީ ރައީސް ޔާމީނާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ރައިސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީނާ މަޝްވަރާ ކުރައްވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ،" ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕް ރައީސް ޔާމިނަށް ބޭވަފާތެރި ވެއްޖެ ކަމަށެވެ. "ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ." ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ

ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމިންގެ ފިކުރުގަ ތިއްބެވި އެތައް ބަޔަކު ރައީސް ޔާމިން ނިސްބަތްވާ ޕާޓީއަކަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު ކާމިޔާބު ކޮށްދޭން ބޭނުންވާ ކަމުގައެވެ.

(ރައީސް ޔާޟިން) ޕީޕީއެމާ ދުރަށް ޖެހިވަޑައިގަތީ ވަރަށް ގިނަ ކަންތައްތަކެއް މިދިޔަ ދުވަސްތަކުގައި ހިނގައިދިއުމުން. އެކަމަކު އެމަނިކުފާނަކީ ސިޔާސީ ދުރުވިސްނޭ ބޭފުޅެއް. އެހެންވެ، އެމަނިކުފާނުގެ ފިކުރު އޮތް އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެން އެމަނިކުފާނު ސިޔާސީ މަސައްކަތްޕުޅު ކުރައްވާނެ.

ރައީސް ޔާމިން ޕީޕީއެމް ދޫކޮށްލައްވަން ނިންމެވި ސަބަބުތައް ހާމަ ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ރައީސް ޔާމިންގެ ފަހަތްޕުޅުގައި އެރު ތިއްވީ މުޅިން އެހެން ބޭނުމެއްގައި ކަމުގައި ކަމެވެ. އަދި ވިދާޅުވީ އެ ބޭނުން ފުދުމުން އެބޭފުޅުން ރައީސް ޔާމިންގެ މަޝްވަރާއެއްވެސް ބޭނުން ނުވި ކަމުގައެވެ.

ޑރ. މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ޓަކައި އެކަން ކޮށްދެއްވާނެ ކަމަށް. އެހެން ނަމަވެސް ރައީސް ޔާމީން މިއަދު އެ މަސައްކަތް ކުރައްވަނީ ގިނިކަންޏާ. މިއަދަކު ނުވެއް ފެނޭ ލީޑާޝިޕްގެ ބޭފުޅުންނެއް ވެސް.

ރައީސް ޔާމިނަށް އިންސާފު ހޯދައިދިނުމަށް ޕީޕީއެމްގެ ލީޑަރޝިޕްގައި ތިބި ބޭފުޅުން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވާތަން ފެންނަމުން ނުދާކަން ފަހަގަ ކުރައްވަމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާއެޑްޥަޢިސް
ޑޯނޓު ޑޫއިޓް