4 އަހަރުގެ ފެންބިލު ނުދައްކައިގެން ފެނަކައިން ޚިދުމަތް ކަނޑާލައިފި

4 އަހަރުގެ ފެންބިލު ނުދައްކައިގެން ފެނަކައިން ޚިދުމަތް ކަނޑާލައިފި

Author
އައިޝަތު އަޙްމަދު
21 ނޮވެމްބަރ 2023 02:18
0

ހަތަރު އަހަރުގެ ފެން ބިލު ނުދައްކައިގެން ފެނަކައިގެ މައި އޮފީހުން ޚިދުމަތް މެދުކަނޑާލައިފިއެވެ.

ފެނަކައަކީ އެތައް ކުންފުންޏަކަށް ފައިސާ ނުދައްކައިގެން އެތައް ބޮޑު ދަރަންޏެއްވެސް އޮތް ކުންފުންޏެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައްވެސް އިންތިހާއަށް ބޮޑުވެފައިވާ ފެނަކައިން 2019 އިން ފެށިގެން ފެން ބިލް ދައްކާފައި ނުވެއެވެ. އަދި އެ ބިލުތަކަށް ލައްކައަށްވުރެ ގިނަ ރުފިޔާ އަރާފައިވެއެވެ.

ފެނަކައިގެ އޮފީސް ހިމެނޭހެން 3 ފަންގިފިލާއިން ފެން ކަނޑާލާފައިވެއެވެ.

ފެނަކަ ހިންގަނީ އެމްޕީއެލް ބިލްޑިންގައެވެ. އެކުންފުނިން ފެން ބިލް ދެއްކުމަށް ތަކުރާރުކޮށް އެދުމުންވެސް ފެނަކައިން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ. އެހެންކަމުން ފެން ކަނޑާލީ އެމްޕީއެލުން އެދިގެންނެވެ.

ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން 900 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ދައްކަން ޖެހޭ ލޯންތައް ކަމުގައި އިންތިހާބީ ރައީސްގެ އޮފީހުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.