ވަޒީރުންގެ ކާރުކޮޅުގައާއި އަދި ގޭގައިވެސް ދިވެދި ދިދަ ހަރުކޮށްފައި ބަހައްޓަންޖެހޭ ގޮތަށް ނިންމައިފިއެވެ.
ރާއްޖޭގެ ރައީސްކަމުގެ ގާނޫނީ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ދިވަހިދައަށް ދެން އިރު ނުއޮއްސޭނެ ކަމަށާއި، އެދިދަ 24 ގަޑިއިރު ނަގާފައި ހުންނާނެ ކަމުގައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ދިވެހި ގައުމަށް ކުރާ ގަދަރު އަލުން އިއާދަ ކުރުމަށް ރައީސްގެ އިފްތިތާހީ ތަގުރީރުގައިވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވާކަމުގައެވެ.
އެމަނިކުފާނުގެ ވިސްނުންފުޅަކީ ދިވެހި ދިދައަކީ އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާނޭ
ފިރުޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ނިންމުމުގެ ބޭނުމަކީ ދިވެހި ދަދައަށް ކުރާ ގަދަރު އިތުރުކޮށް، ދިވެހި ދިދަ ބޭނުން ކުރެވޭ މިންވަރުވެސް އިތުރު ކުރުން ކަމުގައެވެ.
މި ހުރިހާ ނިންމުންތަކެއްގެ މަގްސަދަކީ ދިވެހި ދިދަ އަޅުގަނޑުމެންގެ މުޖުތަމައުގައި ބޭނުންކުރެވޭ މިންވަރު އިތުރުކޮށް، އެ ދިދައަށް އޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން. އަދި އޭގެ ތެރެއިން އަޅުގަނޑުމެންގެ ގައުމިއްޔަތު ދިރުވާ އާލާކޮށް އަޅުގަނޑުމެންގެ ދިވެހިވަންތަ ޝަހުސިއްހަތު ކުރިއަށް ނެރެ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށްޓަކައި ފަހުރުވެރިވާ ޖީލެއް ބިނާކުރުން.
އޭނާ ވިދާޅުވުއެވެ.
ކޮމެންޓު ފޮނުވާ