އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

Author
ހުސެއިން
19 ނޮވެމްބަރ 2023 03:49
0

އިސްރާއީލު މީހުނަށް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

މޮސްޓާ އިސްލާހު ހުށަހަޅުއްވާފައިވނީ ދިވެހި ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށެވެ. އެގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވަނީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ އިސްރާއީލުން އެކި އިސްލާމީ ގައުމުތަކަށް ހާއްސަކޮށް ގައްޒާގެ ރައްޔިތުންނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި އެތައް އަހުންނާއި އުހުތުންނާއި ތުއްތު ކުދިންނާއި އަންހެނުން ހިމެނޭހެން ހަނގުރާމައާ ގުޅުމެއްނުވާ އެތައް މުސްލިމުންނެއް ޝަހީދުކޮށް ގަތުލު އާންމެއް ހިންގަމުންދާތީ ކަމުގައެވެ.

އިންސާނިއްޔަތާ ހިލާފު އަމަލުތަކާއި ހަނގުރާމަތަކުގައި ކުރުން ބައިނަލްއަގްވާނީ މުއާހަދާތަކާއި އެއްބަސްވުންތަކުން ކަނޑައެޅިގެން މަނާކޮށްފައިވާ އެއްތަކެއް ހިންގަމުންގެންދާތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައި. އެކަން ކުށްވެރިކޮށް އިސްރާއީލްގެ މި އަމަލުތައް ހުއްޓުވުމަށާއި މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އިސްރާއީލަށް އެހީއަކަށް ވެދާނެ އެންމެހާ ކަންކަން ހުށްޓުވަން ޖެހޭ.

މޮސްޓާ މަޖިލިހަށް ހުށަހެޅުއްވި ބިލްގައި ބުނެފައި ވެއެވެ.

މި ބިލު ހުށަހަޅި ސަބަބުތަކުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރުތައް ސުންނާފަތިކޮށް ތަކެއްޗަށް ގެއްލުންދީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދުމުގެ މަގުތައް ބަންދުކޮށް ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، މަގުމަތިވެފައިވާ އެ ގައުމުގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންތާ އެތައް އިމާރާތްތަކެއް އިސްރާއީލުން ސުންނާފަތިކުރައްމުން ދިއުން ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އޭގެ އިތުރުންވެސް، އަރަބި އެކި ގައުމުތަކުންނާއި ރާއްޖެ ވެސް ހިމެނޭ އޯއައިއިސީގެ އެކި ގައުމުތަކުން އިސްރާޒީލްގެ ޕާސްޕޯޓުގައި އަންނަ ފަރާތްތައް އެ ގައުމުތަކަށް އެތެރެވުން މަނާކުރުމަށް އެކި ފިޔަވަޅުތައް އަޅާފައިވާތީ ރާއްޖެއިން ވެސް އެ ގައުމުތައް ނަމޫނާއެއް ކަމަށް ދެކި، އިޒްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށްޓަކައި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ކަމަށް ބިލްގައި ބުނެފައި ވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.