ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އަލީ ނަސީރު، ސްޓޭޓް މިނިސްޓަރަކަށް ޝަހުދީ

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އަލީ ނަސީރު، ސްޓޭޓް މިނިސްޓަރަކަށް ޝަހުދީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ޢަލީ ނަޞީރު މުޙައްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަޤާމަށް މުޙައްމަދު ޝަހުދީ ޢައްޔަން ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރެއްވި ޑރ އަލީ ނަސީރު މުހައްމަދުއަކީ 1985 ވަނަ އަހަރުގެ މެއި މަހު ފޮރިން މިނިސްޓްރީއާ ގުޅިވަޑައިގަތުމަށްފަހު، އެ މިނިސްޓްރީގެ އިތުރުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޑރ. އަލީ ނަސީރު މީގެ އިތުރުން ދިވެހިރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުކަމާއި، ރާއްޖެއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާއި، ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ. އޭނާ އެންމެ ފަހުން ހުންނެވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ، މަލްޓިލޭޓަރަލްގެ މަގާމުގަ އެވެ. ޑރ އަލީ ނަސީރު މުހައްމަދު ޕީއެޗްޑީ ހާސިލްކުރެއްވީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީންއިންވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލެސްޓާ އިން މާސްޓާސް ހާސިލް ކުރައްވާފައިވެއެވެ.

ޝަހުދީ 1991 ވަނަ އަހަރު ފޮރިން މިނިސްޓްރީއާ ގުޅިވަޑައިގެން ޑިރެކްޓާ ޖެނެރަލްގެ ރޭންކުތަކުގައި ވަޒީފާ އަދާކުރައްވާފައި ވެއެވެ. އޭނާ ވަނީ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައި، މައިގަނޑު ގޮތެއްގައި އިކޮނޮމިކް ކޯޕަރޭޝަން އާއި ޑިވެލޮޕްމަންޓް ފައިނޭންސިންއާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރައްވާފައެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީ އިން ވަކިވެވަޑައިގަތުމުގެ ކުރިން އޭނާ އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ މިނިސްޓަރުގެ ރޭންކުގައި ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ.

ޝަހުދީ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާތުއިން މާސްޓާސް އޮފް ސައިންސް އިން އިންޓަނޭޝަނަލް ޕޮލިސީ އެނަލިސިސް އަދި ނިއުޒީލެންޑްގެ މެސީ ޔުނިވާސިޓީން ބެޗެލާ އޮފް އެޕްލައިޑް އިކޮނޮމިކްސް ހާސިލްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *