ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި

ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި

Author
އަހުމަދު
16 ނޮވެމްބަރ 2023 01:00
0

މި ސަރުކާރުގެ ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓާ އެއްގޮތަށް ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް މިރޭ އަންގައިފިއެވެ.

އޭސީސީން އެގޮތަށް އެންގި އިރު، ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރެ، ފްލެޓުތައް ދޫކުރާ އަގުތައް އާންމުކޮށްފައެވެ.

އަދި ފްލެޓު ލިބޭ މީހުންގެ މެދުގައި ގުރު ނެގުން ވެސް މިރޭ ފަށާފައިވެއެވެ.

އޭސީސީއިން ހައުސިން މިނިސްޓްރީއަށް މިރޭ ފޮނުވި ސިޓީއަކުން އަންގާފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ހުއްޓާލުމަށެވެ.

އޭސީސީގެ ތަހުގީގަށް މިހާތަނަށް އައިއިރު ފާހަގަވެފައި ވަނީ އެނގިފައިވާ ގޮތުގައި ފްލެޓްތަކަށް ޝަރުތު ހަމަނުވާ މީހުންތަކެއް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންނަށް ޕޮއިންޓް ދިނުމާއި ފޯމުތައް އިވެލުއޭޓް ކުރިއިރު، އުސޫލާ ހިލާފަށް ބައެއް މީހުންނަށް ޕޮއިންޓް ދިނުމާއި ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން އޮތް ހާލަތްތަކުގައި އެކަން ކޮށްފައިނުވުމެވެ.

ހައުސިން މިނިސްޓްރީން މިރޭ ގެޒެޓް ކުރި އިއުލާންގައި ބުނި ގޮތުގައި ދާއިމީ ލިސްޓު އެކުލަވާލީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހުއެވެ.

ލިސްޓަށް އައި ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނެގުމަށްފަހު ބާކީވާ ފުލެޓްތައް، 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ބަޔަކަށް ލިބޭނެ ކަމަށް އިއުލާންގައިވެއެވެ. ދެ ކޮޓަރީގެ ފުލެޓުތައް ހަމަ ދިނުމަށް ހަމަޖެހިފައިވަނީ 73 އިން ފެށިގެން މާތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް އެއް ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް އެއް ފްލެޓު ކަމަށް ވެސް އިއުލާނުގައިވެއެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފްލެޓުގެ މަހު ކުއްޔަކީ 7،000ރ. އާއި މަރާމާތުގެ ފީ ގޮތުގައި މަހަކު ދައްކަން ޖެހޭ 1،000ރ. އާ އެކު ޖުމްލަ 8،000ރ. އެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5،000ރ. އާއި މަރާމާތުގެ ފީ ގޮތުގައި މަހަކު 1،000ރ.އެވެ.

ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހުއެވެ. އަދި ކުލި ދައްކަން ޖެހޭނީ 300 މަސް ވަންދެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސިރާޖު
ހަލާލެން ހަރާމަކައްނުބަލާ އިންސާނުންކައި ބޮއިއުޅޭނެ ޒަމާނެން އައްނާނެކަމައް އޮތްބަސްފުޅު މިއޮއް އައްނާނީ ތެކަން ކަށަވަރު ވަމުން ކޮއްމެމީހަކު ކުރިޔަސް ނުރަގަޅުކަމެއް ރަގަޅެއްނުވާނެ ހަލާލުެއްޗެއް ޙަރާމެއްނުވާނެ
L Lol... 😂
ACC meehun kurin koba thw now v halabolikoh eba ullhey magaamu dhifaukuran thw kurin thibeyfulhun kobaathw dhauru nimen v maa heylaagen thi ulheny ... Adhives ovey nidhan nuvey heylaakah kuryge kankan kobaathw flats tha form nulaa huri my huna behi iru kobaa thw party ge kudhin kolha be iru kobaa thw furuthama islaahu kuran v ACC